ދުނިޔެ

ރަޝިއާ - ޔުކްރޭން: މަޝްވަރާތަކުގެ ތިންވަނަބުރު ކުރިއަށް

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ގޮތެއް ނިންމުމަށް ކުރެވޭ މަޝްވަރާތަކުގެ ތިންވަނަބުރު، ބެލަރޫސްގެ ސިޓީއެއް ކަމަށްވާ ބްރިއެސްޓްގައި ކުރިއަށް އެބަ ދެ އެވެ.

ރަޝިއާގެ ވަފުދުގައި އިސްކޮށް ހުންނެވީ ޕޫޓިން ލަފާއަރުވާ އެހީތެރިޔާ ލަޑިމިއާ މެޑިންސްކީ އެވެ. ޔުކްރޭނުން އިސްކޮށް ބައިވެރިވެ ވަޑައިގަތީ ޒެލަންސްކީގެ އެޑްވައިޒަރު، މިޚައިލް ޕޮޑޮލްޔަކް އެވެ.

ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރަން ހުރި މައުލޫތައް ގިނަ ނަމަވެސް ހަނގުރާމަ ހުއްޓެން އޮތީ ރަޝިއާ ބުނާ ގޮތެއް ހަދައިގެންނެވެ.

ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ހައްލެއް ހޯދުމަކީ ވެސް މަޝްވަރާ އެޖެންޑާއި އޮތް ކަމެކެވެ. އަދި އިންސާ އެހީތެރިކަން ފޯރުކޮށް ދިނުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ އެވެ.

ޔުކްރޭނަށް މިހާރު އޮތް ގޮތަކީ ނޭޓޯ ފަދަ އެއްވެސް ޖަމާއަތެއްގައި ބައިވެރި ނުވާ ގޮތަށް ގާނޫނެއް ފާސްކުރުމެވެ. އަދި ކްރައިމިއާ އަކީ ރަޝިއާގެ ބައެއް ގޮތުގައި ގަބޫލުކުރުމެވެ.

ކްރައިމިއާ އަކީ ޔުކްރޭންގެ ބައެކެވެ. އެހެން ނަަމަވެސް ރަޝިއާގެ އަސްކަރިއްޔާއިން 2014 ގައި ކްރައިިމިއާ ޖަހައިގަނެ ވަނީ އަމިއްލަކޮށްފަ އެވެ.

މުޅި ދުނިޔެ ރަޝިއާގެ އަމަލު ކުށްވެރި ކުރި ނަމަވެސް ރަޝިއާ ބުނާ ގޮތުން އެއީ ކްރައިމިއާޣެ ރައްޔިތުން ބޭނުންވި ގޮތެވެ.

ޔުކްރޭނުން ހުށަހަޅާ ގޮތަކީ ރަޝިއާގެ އަސްކަރިއްޔާ ހަމަލާތައް ހުއްޓާލައި އެގައުމުން ފައިބައިގެން ދިއުމެވެ.

ރަޝިއާ ބުނާ ގޮތުން ކޮޅެއްގައި ޖެހެންދެން ހަމަލާތައް ކުރިއަށް ދާނެ އެވެ.

މަޝްވަރާ ބައްދަލުވުމުގެ ތިންވަނަ ބުރު ފެށިގެން ކުރިއަށް ދާއިރު ނަތީޖާ އަދި ނޫސްތަކަކަށް ނުލިބެ އެވެ.