ޔޫއެން

އދ.ގެ ކާނާއާ ބެހޭ ޖަމިއްޔާގެ ވެރިޔާ ރާއްޖެ ވަޑައިގެންފި

Mar 7, 2022
1

އދގެ ފުޑް އެންޑް އެގްރިކަލްޗާ އެޖެންސީ (އެފްއޭއޯ)ގެ ވެރިޔާ -- ޑިރެކްޓާ ޖެނެރަލް ޗޫ ޑޮންޔޫ ރާއްޖެ ވަޑައިގެންފި އެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗޫ މިއަދު ރާއްޖެ ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ދެންނެވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓާ ކެތަރިން ހެޒްވެލްގެ އިތުރުން އެފްއޭއޯ އިން ލަންކާ އާއި ރާއްޖެއަށް ކަނއަޅާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ވިލެންދްރަ ޝަރަން އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗޫގެ މިދަތުރުފުޅުގައި ނައިބް ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވާނެ އެވެ.

ރާއްޖޭގައި ހުންނަ އދގެ އޮފީހުން ބުނީ ޗޫގެ ދަތުރުފުޅުފައި ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ރަށްތަކުގައި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމާ ގުޅޭގޮތުން ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އޭގެ ބައެއް މަޝްވަރާތައް ބައެއް ވަޒީރުންނާ އެކު މިހާރު ވަނީ ބާއްވާފަ އެވެ.

ކުރިއަށް އޮތް ފަސް އަހަރު ދަނޑުވެރިކަމުގައި ދާއިރާގައ ރާއްޖެއިން ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޗައިނާ އަށް އުފަން ޗޫ އެފްއޭއޯގެ ޑިރެކްޓާ ޖެނަރަލް ކަމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ.