އެޑްވަޓޯރިއަލް

އަލަށް ޖިމަށްދާ މީހުންނަށް ހާއްސަކޮށް ހެމާއިން ޕްރޮގްރާމެއް

ޖިމަށް ދާ ކޮންމެ މީހަކު އަބަދު ޕާސަނަލް ޓްރެއިނަރެއް ބޭނުމެއް ނުވާނެ އެވެ. އެއީ ކުށްހީ އެކެެވެ. ޕާސަނަލް ޓްރެއިނަރަކާއެކު ވޯކްއައުޓް ކުރަން ފެށިޔަސް އެ ވޯކް އައުޓްތައް ރަނގަޅަށް ދަސްވެެއްޖެނަމަ ފަހުން އަމިއްލައަށް ވެސް ވޯކްއައުޓްތައް ހެދޭނެ އެވެ.

މާލޭގައި މިވަގުތު ހުރި އެންމެ ފާހަގަކޮށްލެވޭ ޖިމް، ހެމާއަކީ އަލަށް ޖިމަށް ދާން ބޭނުންވާ މީހުންނަށް ހަމަ ވަަަރަށް ފައްކާ ޖިމެކެެވެ.

ހެމާއިން އަލަށް "ތުރައިވް" ގެ ނަމުގައި އާ ޕެކޭޖެއް ފަށަން ނިންމާފައިވާ އިރު މި ޕެކޭޖުގެ އަޖުމަ ބެލުމުގެ ގޮތުން ހެމާއިން ކުރިން ވަނީ ތިން މަސް ދުވަސް ވަންދެން އަލަށް ޖިމްއަށް ވަންނަ ކުދިން ތަމްރީން ކޮށްފަ އެވެ. އަދި އޭގެ ނަތީޖާ ރަނގަޅުވުމާއެކު ހެމާއިން ވަނީ މި ޕެކޭޖް ފުޅާކުރަން ނިންމައިފަ އެވެ.

"ފުރަތަމަ ފެށި ކުއްޖާއަށް އަމިއްލައަށް އެބަ ހެދޭ ކޮންފިޑެންޓާއެކު. އޭނާއަށް ބަދަލުތައް ވެސް އެބަ އާދޭ." ހެމާގެ މެނޭޖަރު އަހުމަދު އަޝްފާގު ވިދާޅުވި އެވެ.

"ތްރައިވް" ގެ ނަމުގައި ހެމާއިން މިހާރު ދަނީ އަލަށް ނުވަތަ ގިނަދުވަސް ވަންދެން ޖިމާ ދުރަށް ގޮސް ތިބި މީހުންނަށް ހާއްސަކޮށް ވޯކް އައިޓް ޕްރޮގްރާމެއް ފަށަން ތައްޔާރުވެފަ އެވެ.

ހެމާގެ އަމާޒަކީ ތްރައިވް ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އިންސްޓްރަކްޓަރުންގެ ފުރިހަމަ އިރުޝާދާއެކު ޖިމް ޕްލޭނެއް ހަދައިދީ އަދި ފަހު އެ މީހުން ފަހުން އަމިއްލައަށް ވޯކްއައުޓްކުރަން އެނގޭވަރުކޮށްދިނުމެވެ.

"ފުރަތަމަ އަންނަ ދުވަހު އަޅުގަނޑުމެން އެސެސްމަންޓްތައް ހަދާނެ. އޭގަ ބަލާނެ އެއްވެސް ކަހަަލަ އިންޖަރީއެއް އުޅޭތޯ. ސިއްހީ މައްސަލައެއް ހުރިތޯ. ޖޮއިންޓްތައް މޫވް ކުރަނީ ރަނގަޅަށްތޯ. މަސަލް އިމްބެލެންސްއެއް އުޅޭތޯ. އެ ހުރިހާ އެއްޗަކަށް ބަލާފަ ކްލަޔަންޓްގެ ގޯލްއަށް ބަލާފަ ކަސްޓަމައިޒް ޕްރޮގްރާމެއް މި ތައްޔާރުކުރަނީ. ދެން އެ ޕްރޮގްރާމް ނިމުނީމަ ނެކްސްޓް ސްޓެޕަށް ދާން އެހެން ޕްރޮގްރާމެއް ފަށާނީ. ފުރަތަަމަ މަހުގައި ނޫނީ އަމިއްލަށް ފޮލޯ ކުރެވެންދެން ޓްރެއިނާއެއް ހުންނާނެ ކައިރީގައި. ދެން ޕްރޮގްރާަމް އަޕްޑޭޓްވީމަ އަނެއްކާ ވެސް އާ މޯވްއެއް ނޫނީ ނޭނގޭ އެއްޗެއް އިނިއްޔާ ޓްރެއިނާ ހުންނާނެ ކައިރީގައި" އަޝްފާގު ވިދާޅުވި އެވެ.

ތުރައިވް ޕްރޮގްރާމަށް ހެމާއިން ޗާޖުކުރަނީ މަހަކު 1600 ރުފިޔާ އެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމައިފައިވަނީ ކޮންމެ މަހަަކު ވެސް 10 ޖާގަ އަށް ލިމިޓްކޮށްގެން ނެވެ.

ހެމާގައި ޖިމުގެ ހިދުމަތް ހޯދާ މީހުންނަށް ޕާސަނަލް ޓްރެއިނަރުން ނެގުމުގެ ފުުރުސަތު ލިބޭއިރު ސެމީ ޕާސަނަލް ޓްރެއިނަރުންގެ ވެސް ހިދުމަތް ހޯދޭނެ އެވެ.

އެގޮތުން ޖިމް ފީ އާ ނުލައި ޕާސަނަލް ޓްރެއިނާއަކަށް 2000- 3000 ރުފިޔާ އަދި ސެމީ ޕްރައިވެޓް ޓްރެއިނާއަކަށް 1000- 1500 ރުފިޔާވަރު ދައްކަން ޖެހޭނެ އެވެ.

މީގެ އިތުރުން ވޭ ޕްރޮޓީން ހިމެނޭ އަލްފާ ޕްރައިމްއާ އޮޕްޓިމަމް ނިއުޓްރިއަންޓްސް ފަދަ ސަޕްލިމެންޓް ހެމާއިން ލިބޭނެ އެވެ.

ހެމާ ހުޅުވިފައި ހުންނަނީ ކޮންމެ ދުވަހަކު ފަތިހު ފަހަކުން ރޭގަނޑު 10 ޖަހަން ދެން ނެވެ.