ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޓެލް ރިޕޯޓްތައް ރައީސަށް ހުށަހަޅަން ލާޒިމްކޮށްފި

އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަށް ގާއިމުކުރާ ނިޒާމު މެދުވެރިކޮށް އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ މައުލޫމާތާއި ބެހޭ ތަފާސްހިސާބު ހިމެނޭ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށްވެސް ހުށައަޅަން ލާޒިމުކޮށް ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދަށް ގެނައި އިސްލާހު ގެޒްޓްކޮށް އަމަލު ކުރަން ފަށައިފި އެވެ. ދިވެހި ފުލު ުހންގެ ޚިދުމަތުން، ކޮން ެމ 3 ) ިތނެއް( މަހަކުން އެއްފަހަރު،
ރައީސުލްޖުމްހޫރިއްޔާއަށާއި މިނިސްޓަރަށް ހުށަހަޅަންވާނެއެވެ.

ހޯމް މިނިސްޓްރީން މިއަދު އާންމުކުރި އައު އުސޫލުގައި ވާ ގޮތުން އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަށް ގާއިމުކުރާ ނިޒާމު މެދުވެރިކޮށް އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ މައުލޫމާތާއި ބެހޭ ތަފާސްހިސާބު ހިމެނޭ ރިޕޯޓް ދިވެހި ފުލުހުންގެ ހިދުމަތުން ރައީސުލްޖުމްހޫރިއްޔާ އާއި ހޯމް މިނިސްޓަރަށް ހުށައަޅަން ޖެހެއެވެ.

އަދި އެ ރިޕޯޓް ކޮންމެ ތިން މަހުން އެއް ފަހަރު ދެ ބޭފުޅުންނަށް ހުށައެޅުން ވަނީ ލާޒިމުކޮށްފައެވެ.

މީގެ ކުރީން އުސޫލު އޮތް ގޮތުން އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމަށް ގާއިމުކުރާ ނިޒާމު މެދުވެރިކޮށް އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލުކުރާ މައުލޫމާތާއި ބެހޭ ތަފާސްހިސާބު ހިމެނޭ ރިޕޯޓް ހުށައަޅަން ޖެހެނީ ހޯމް މިނިސްޓަރަށް އެކަންޏެވެ.

މި ބަދަލަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސަރުކާރުގެ އިދާރާތަކުގައި ހުރި ކަންކަން އިތުރަށް އިސްލާހު ކުރުމުގެ ތެރެއިން ގެނައި ބަދަލެކެވެ.