މާލޭ ސިޓީ ކައުންސިލް

ވިލިމާލޭގައި މާރުކޭޓް އަޅާނެ ބަޔަކު ހޯދަނީ

Mar 8, 2022

މާލެ ސިޓީ ކައުންސިލުން މާލެ ސަރަހައްދުގައި "ވެޓް މާކެޓް" އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ވެޓް މާކެޓް އެޅުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ވިލިމާލޭގަ އެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ދިވެހިންނަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ އަދި ބިދޭސީންނަށް 4،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

މި މަޝްރޫއަކީ މާލޭ ސިޓީ ކައުންސިލްގެ މިދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމަނާފައިވާ މަޝްރޫއެކެވެ.

މަޝްރޫއުގެ މައުލޫމާތުތައް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބޭނެ އިންތިޒާމު ކައުންސިލުން ވަނީ ހަމަޖައްސާފަ އެވެ.

ވެޓް މާކެޓް އެޅުމަށް ހަމަޖެހިފައިވަނީ އެތަނުން މޭވާއާއި ތަރުކާރީއާއި މަހުގެ ބާވަތްތަކާއި އެހެނިހެން ބައެއް އުފެއްދުންތައް ވެސް އެތަނުން ލިބޭ ގޮތަށެވެ.

މާލޭގައި މިހާރު ހިންގަމުން ގެންދާ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި އަދި މަސްވެރިންގެ މާރުކޭޓް އެއް ފުރާޅެއްގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި މާލޭގައި ވެސް އާ މާރުކޭޓެއް އެޅުމަށް ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.