މަސްވެރިން

ދިރޭ މަސް ގެންގުޅެން ފިޝް ކޭޖު ތަކެއް ހޯދަނީ

Mar 9, 2022
2

ދިރޭ މަސް ގެންގުޅެން ހާއްސަކޮށް 276 ފްލޯޓިން ފިޝް ކޭޖު ހޯދުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން، ފްރޭމްވޯކް އެގްރީމެންޓް މެދުވެރިކޮށް "ފްލޯޓިންގް ފިޝް ކޭޖަސް ސަޕްލައި" ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތަށް ކުރިމަތިލާ ފަރާތުން ގާތްގަނޑަކަށް 276 ސިސްޓަމް ހޯދަން ޖެހޭނެ އެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތުން މި ތަކެތި 35 ދުވަހުގެ ތެރޭގައި ސަޕްލައި ކުރަން ޖެހެނީ 35 ދުވަހުގެ ތެރޭގަ އެވެ.