ބޮލީވުޑް

ސޮނާކްޝީ ބުނަނީ އޭނާ ހައްޔަރުކުރާކަށް ނޫޅެޔޭ!

ސޮނާކްޝީ ސިންހާ
0%
0%
0%

ސޮނާކްޝީ ސިންހާ ހައްޔަރުކުރަން ކޯޓަކުން އަމުރެއް ނެރިގެން އުޅޭކަމަށް ބުނެ އިންޑިޔާގެ ނޫސްތަކުން ފަތުރާފައިވާ ޚަބަރަކީ ދޮގެއް ކަމަށް އޭނާ ބުނެފި އެވެ.

ސޮނާކްޝީ ބުނި ގޮތުގައި އޭނާ އޭ ކިޔައިގެން ދޮގު ޚަބަރު ފަތުރައި އޭނާގެ ނަން ޚަރާބުކުރަން މަސައްކަތް ކުރަނީ އޭނާއަށް މަކަރު ހަދައި އޮޅުވާލި މީހެކެވެ. އަދި އެމީހާ އުޅެނީ އޭނާގެ އަތުން ފައިސާ ފޭރި އަދި އަމިއްލައަށް އިޝްތިހާރުވާން ވެގެން ކަމަށް ވެސް ސޮނާކްޝީ ތުހުމަތު ކޮށްފައި އެވެ. އަދި މިފަދަ މީހުން ދައްކާ ވާހަކަ ގަބޫލު ނުކުރުމަށް ވެސް އޭނާ އެދިފައި ވެއެވެ.

އޭނާ ބުނި ގޮތުގައި މި މީހާ ޖައްސައިގެން އުޅޭ މައްސަލަ މިހާރު އޮތީ މުރާދުއާބާދު ކޯޓުގަ އެވެ. އަދި އިލާހުއާބާދު ހައިކޯޓުން ވަނީ މި މައްސަލަ ނުބެލޭނެ ކަމަށް ނިންމާފަ އެވެ. އަދި އޭނާގެ ލީގަލް ޓީމުން މިކަމާ އެބަ އުޅޭ ކަމަށާއި މި މައްސަލައިގައި އޭނާ އާ އިތުރަށް ސުވާލު ނުކުރުމަށް އެދިފައި ވެއެވެ.

ސޮނާކްޝީ އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިގެން އުޅެނީ އިވެންޓް އޮގަނައިޒަރެއް ކަމަށްވާ ޕްރަމޯދު ޝަރުމާ އެވެ. އޭނާގެ ދައުވާގައި ބުނެފައިވަނީ އެމީހުން ރޭވި އިވެންޓެއްގައި ސޮނާކްޝީ ބައިވެރިވާން އެއްބަސްވެ އެ ކުންފުނިން 47 ލައްކަ ރުޕީސް އެޑްވާންޓް ޕޭމަންޓްގެ ގޮތުގައި ސޮނާކްޝީއަށް ދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ އެ އިވެންޓުގައި ބައިވެރިވެފައި ނުވާ ކަމަށާއި އަދި އެ ފައިސާ ވެސް އަނބުރާ ނުދޭ ކަމަށެވެ.

މި މައްސަލަ 2019 ގެ މާޗުން ފެށިގެން ކޯޓުގައި ހިނގަމުންދާއިރު ސޮނާކްޝީ ހައްޔަރު ކުރުމުގެ އަމުރެއް އޭރު ވެސް ނެރެން މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އެ ފަހަރުވެސް ހައި ކޯޓުން އެކަން ހުއްޓުވީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345