މީކާއީލް އަހުމަދު ނަސީމް

މީކާއީލް ފައްޔާޒަށް ރައްދު ދީފި

މަޖިލީހުގެ ތެރެއިން ބައެއް މެމްބަރުން ސަރުކާރަށް ހުރަސް އަޅާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަފުޅަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ރައްދުދެއްވައިފި އެވެ.

ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އިސްކުރީ މި ގައުމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމަށް ކަަމަށާއި ނަމަވެސް އެކަމަށް މަޖިލީސްތެރެއިން ހުރަސް އަޅަމުންދާކަން ރައްޔިތުންނަށް ފެންނާނެ ކަަމަށެވެ.

މިއަދު މަޖިލީހުގެ ޖަލްސާަގައި މީކާއިލް ވަނީ ފައްޔާޒުގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.

ފައްޔާޒަށް ރައްދު ދެއްވައި މީކާއިލް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރުން ހިންގަން ވަކި މެމްބަރުންތަކެއް އެހީތެރިނުވާކަމަށް ވިދާަޅުވާ ވިދާޅުވަމަކީ ހަގީގަތުގައި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެެވެ.

އަދި އެހެން ވިދާޅުވި އިރު ރައީސް ސޯލިހު މަޖިލީހަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެމަނިކުފާނުގެ ސަރުކާރު ގާއިމުކޮށް އެންމެ މަދަދުވެރިވާ އެއް ފަރާތްތަކީ މަޖިލީސް ކަމަށް ވިދާޅުވަނީ ކިހިނަކުންތޯ ސުވާލު އުފެއްދެވި އެވެ.

"އެހެން ނަމަވެސް ހަމަ އެ ނޭވާގައި އެމަނިކުފާނު [ރައީސް ސޯލިހު] ހުންނަވާއިރު ކެބިނެޓްގައި އިންނަވާ ކޮންމެވެސް ވަޒީރެއް މި ރައްޔިތުންގެ މަޖިލީހުގައި އިއްޒަތްތެރި މެމްބަރުންނަށް ނިސްބަތްކޮށް ސަރުކާރު ހުއްޓުމަށް ގެނައުމަށް ސަރުކާރަށް ޖެއްސުން ކުރުމަށް ބަޔަަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށް އިލްޒާމް އަޅުގަނޑުމެންގެ ބޮލުގައި އެޅުވުމަކީ އަޅުގަނޑު ކަންބޮޑުވާކަމެއް. އެ އިލްޒާމް އަޅުވާކަމަށް ވާނަމަ އެ ވަޒީރުންނަށް ކެރިވަޑައިގަންނަވަން ޖެހޭނެ މި ރައްޔިތުންގެ މަޖިލީހުން އެކަން ކުރައްވަނީ ކޮން މެމްބަރުންނެއްކަން." ފައްޔާޒު ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ މިހާތަަނަށް ވެސް މަސައްކަތް ކުރީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ބިލެއް އިސްލާހެއް އަދި ބަޖެޓެއް ފާސްކޮށްދީފައިނުވާނެ ކަމަށެވެ. އަދި މިކަންކަން ނުކޮށްދީ އޮތްކަމަށް ބުނެވެން ނޯންނާނެ ކަމަށެވެ.

"މި ސަރުކާރު ގެންނަންވެސް މި ސަރުކާރު ދަމަހައްޓަން ވެސް މި ސަރުކާރަށް ވާގިވެރިވާން ވެސް ތިބީ" މީކާއިލް ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގައި ފައްޔާޒަށް ތާއިދުކުރައްވާ ފެކްޝަންގެ ބައެއް މެމްބަރުންނަށް ފާޑުވިދާޅުވެ މީކާއިލް ވިދާޅުވީ އެ މެމްބަރުން ކުރިން ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރަށް ހުރަސް އެޅި ކަމަށާއި އެކަން ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.