އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން އަންހެނުން ބާރުވެރިކުރުމަށް އެކްޝަން ޕްލޭނެއް

ދެޖިންސުގެ މުއައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމާއި، ކުންފުނި ހިންގުމުގައި، އަންހެނުންގެ ދައުރު އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީ އިން ޖެންޑާ މެއިންސްޓްރީމިންގް ޕްލޭނެއް އެކުލަވާލައިފި އެވެ.

އެމްޑަބްލިޔުއެސްސީން އިން ޖެންޑާ މެއިންސްޓްރީމިންގް ޕްލޭނެއް އެކުލަވާލާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށް އަމަލު ކުރާ ގޮތަށެވެ.

އެޕްލޭންގެ ދަށުން އެމްޑަބްލިޔުއެސްސީ ގައި އަންހެނުންނަށް ވަޒީފާގެ މައިދާނުން ކުރިޔަށް ދިޔުމުގައި ދިމާވެފައިވާ ގޮންޖެހުންތަށް ދެނެގަތުމާއި، އެ ގޮންޖެހުންތަށް ގިރާކުރުމަށް ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ދެނެގަނެ އެދެވޭ ހައްލުތަކަކަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖެންޑާ މެއިންސްޓްރީމް ކުރުމުގައި އެމްޑަބްލިޔުއެސްސީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް

  • ޓެކްނިކަލް ދާއިރާގައި އަންހެން މުވައްޒަފުންނަށް އޮންނަ ފުރުސަތުތަށް ކުޑަވުން އަދި އަދާއިރާގައި އަންހެން މުވައްޒަފުން މަދުވުން
  • އަންހެނުން ބާރުވެރިކުރުމުގައި ފިރިހެނުންގެ ދައުރަކީ ކޮބާކަން ސާފުނުވުން
  • މަސައްކަތުގެ މާހައުލު ބައްޓަން ކުރުމުގައި ދެޖިންސުގެ މުވައްޒަފުންނަށް އެކަށޭނަގޮތަކަށް މަސައްކަތުގެ މާހައުލު ބައްޓަން ކުރެވިފައި ނެތުން
  • މެނޭޖްމަންޓް އަދި މެނޭޖްމަންޓުގެ ދައުރުއަދާކުރާ، ކުންފުނީގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަށް ކަނޑައަޅާ މުހިންމު ކޮމިޓީތަކުގައި ދެޖިންސުގެ ދައުރު ހަމަހަމަކުރެވިފައިނެތުން

ޖެންޑާ މެއިންސްޓްރީމިންގް ޕްލޭގެ ދަށުން އަންހެނުންގެ ދައުރު ފުޅާކުރުމަށް އެމްޑަބްލިޔުއެސްސީގެ ކޮމިޓީތަކާއި ޓީމްތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ ގޮތުން، ކޮމިޓީ އަދި
ޓީމެއްގައި މަދުވެގެން އެއް އަންހެން މުވައްޒަފަކު ހިމެނުން އަދި ފަސް އަހަރު ދުވަހުގެ ތެރޭގައި 33 ޕަސެންޓައްވުރެ ކުޑަނުވާހެން އެ އަދަދު ދަމަހައްޓާނެ ކަމަށެވެ.

އަދި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓް ޓީމް އަދި ސުޕަވައިޒަރީ ލެވެލް ގައި އަންހެނުންގެ ދައުރު އިތުރުކުރުމުގެ އިތުރުން އަންހެނުންނަށް ހައްގުވެގެންވާ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން އެ ލެވެލް ތަކުގައި އަންހެނުން އިތުރުކުރުމަށް "ވުމުން އިން މެނޭޖްމަންޓް" ގެ ނަމުގައި ޕްރޮގްރާމެއް ހިންގާނެ ކަމަށާއި އެމްޑަބްލިޔުއެސްސީގެ ހުރިހާ އަންހެން މުވައްޒަފުންނަށް ހުޅުވާލެވިގެން ލީޑާޝިޕް ލެވެލް ތަކަށް ފުރުސަތު ހޯދައި ދިއުމަށް ޓްރޭނިން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނީގައި މަސައްކަތް ކުރާ އަންހެނުންގެ ތެރެއިން މެނޭޖްމަންޓްގެ ލެވެލްތަކުގައި މަސައްކަތް ކުރެވޭނެ ގާބިލިއްޔަތުކަން ހުރި ކަމަށް ފާހަގަ ކުރެވިފައިވާ އަންހެން މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް އިތުރުކުރުމަށްޓަކައި ހާއްސަ ޓްރޭނިންގ ޕްރޮގްރާމް ތަކެއް ކުރިޔަށް ގެންދާނެ ކަމެށެވެ.

އަންހެނުން ބާރުވެރިކުރުމަށް އެމްޑަބްލިޔުއެސްސީން އިތުރަށް ރާވަފައިވާ ހަރަކާތްތައް

  • އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތުގައި ފިރިހެނުންގެ ދައުރުގެ މުހިއްމުކަން އަންގައިދޭ ބައްދަލުވުންތަކެއް ހިންގުން
  • ކުންފުނީގެ އެކިއެކި ޓެކްނިކަލް ފީލްޑް ތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ޓެކްނިކަލް އެޕްރެންޓިސް ޕްރޮގްރާމް ތަކެއް ފެއްޓުން
  • ކުންފުނީގައި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ވޯކް ޕްލޭސް މެންޓަރިން ޕާޓްނާސް ޕްރޮގްރާމެއް ހިންގުން
  • ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ އޮފީސްތަކުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޭނުންކުރެވޭނެހެން ފާހާނަ ހެދުމާއި މަސައްކަތުގައި
  • ބޭނުންކުރާ އާލާތްތައް ވެސް ދެ ޖިންސުގެ މީހުނަށްވެސް ބޭނުން ކުރެވޭނެ ހެން ބަދަލުތައް ގެނެވި ރޭވުން.

ފަސް އަހަރުގެ ޓާގެޓް ޕްލޭންގެ ދަށުން ކުންފުނި ހިންގުމާއި، ޕްރޮޖެކްޓް ތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ބޮޑެތި ނިންމުންތައް ނިންމާ ކޮމިޓީތަކާއި ޓީމް ތަކުގައިވެސް މަދުވެގެން 33 ޕަސެންޓް އަންހެން މުއައްޒަފުން ޝާމިލު ވެގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

އެ ޕްލޭނާއި އެކު ދެޖިންސުގެ މުއައްޒަފުންގެ މެދުގައި ހަމަހަމަކަން ފާއިމްކުރެވި، ކުންފުނި ހިންގުމުގައި، އަންހެނުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.