ރަޝިއާ އާއި ޔުކްރޭން ސުލްހަކުރުމަށް ތުރުކީ މެދުވެރިވެގެން ބާްއްވާ ފުރަތަމަ ބައްދަލުވުން ތުރުކިގެ ރިސޯޓް ސީޓީއެއް ކަމަށްވާ އަންތާލިއާގައި މިއަދު އޮންނާނެ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ރަޝިއާގެ ޚާރިޖީ ވަޒީރު، ސަރުގޭ ލަވްރޯފް އާއި ޔުކްރޭންގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކޫބެލާ އަދި މެދުވެރިއެއްގެ ދައުރު އަދާކުރާ ތުރުކީގެ ވަޒީރު މަވްލޫތު ޗަވްސޯލޫ އެވެ.
ޔުކްރޭންގެ ޚާރިޖީ ވަޒީރު ދިމިމުރޯ ކޫބެލާ ނޫސްވެރިންނަށް ވިދާޅުވި ގޮތުން މަޝްވަރާއަށް ވަޑައިގަންނަވާނެ އެވެ. އަދި ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފްއާ އެކު މަޝްވަރާ ކުރައްވައި ސުލްހައަށް ގޮތެއް ނިންމަވާނެ އެވެ.
ތުރުކީން މިބައްދަލުވުން އިންތިޒާމްކުރި ގޮތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ދެންނެވުމުން މަވްލޫތު ޗަވްސޯލޫ ވިދާޅުވީ އެކަން ހިނގައި ދިއަ ގޮތް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުން ބޮޑަށް ލަފާކުރެވެނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި ތުރުކިގެ ރައީސް ރަޖަބް ތައްޔިބު އުރުފުޣާންއާ ދެމެދު ދެކެވުނު ވާހަކަތަކުން ހަމަޖެހުނު ކަމެއް ކަމަށެވެ.
ވަލްވޫތު ޗަވްސޯލު ވިދާޅުވި ގޮތުން އެމަނިކުފާނާ ހަވާލުކުރައްވާފައި އޮތީ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.
ކޫބެލާ ވިދާޅުވި ގޮތުން އޭނާއާ ބައްދަލު ކުރައްވަން ލަވްރޯވް ބޭނުފުޅެއް ނުވެ އެވެ. މަޝްވަރާތައް ނުފެށިގެން އުޅެނީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިއާއާ ސުލްހަވުމަށް ޔުކްރޭނަށް އޮތް ގޮތަކީ ޔުކްރޭންގެ މައިސަރުކާރު ކްރައިމިއާ އާއި ދޮންބާސް ދޫކޮށްލުމެވެ.
ކްރައިމިއާ އަދި ދޮޮންބާސްއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނަންތޯ ސުވާލު ދެެންނެވުމުން ޔުކްރޭންގެ ޚާރިޖީ ވަޒީރު ވިދާޅުވީ މަޝްވަރާ ކުރައްވާނެ ކަމަށާއި އެކަމަކު އުކްރޭން އޮތީ ގައުމުން ބައެއް ދޫކޮށްލާ ގޮތަކަށް ނޫން ކަަމަށެވެ.
ކޫބެލާ ވިދާޅުވީ މަޝްވަރާ ތަކުން ކޮޅެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ހަނގުރާމަ ދިގުލައިގެން ދިއުމަކީ އެއްވެސް ބަޔަކަށް އޮތް ފައިދާއެއް ނޫން ކަމަށެވެ.