މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް މުވައްޒަފުންނަށް ޑޭ ކެއާ ސެންޓަރެއް

Mar 10, 2022
1

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖްމެންޓުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެމީހުންގެ ދަރިންނަށް ޑޭ ކެއާ ސެންޓަރެއް ގާއިމް ކުރުމަށް ނިންމައިފި އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި، މި ޑޭ ކެއާގެ ސަބަބުން ތަނުގެ މުވައްޒަފުންނަށް ޑިއުޓީ ގަޑީގައި ވަރަށް ފަސޭހަ ވެގެންދާނެ އެވެ. އެގޮތުން ދަރިން އެހެން ޑޭ ކެއާ ސެންޓަރުތަކަށް ގެންގޮސްގެން އުފުލާ ތަކުލީފުތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ ސަބަބުން މުވައްޒަފުންނަށް މަސައްކަތު ގަޑީގައި ވެސް ދަރިންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރެވޭނެ އެވެ. މި ޑޭ ކެއާ ސެންޓަރުގައި މަސައްކަތް ކުރާނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށް އެކުންފުނިން ބުނެ އެވެ.

އެމްޕީއެލް އިން ބުނީ، މި ތަން ގާއިމްކުރުމުގެ މަގްސަދަކީ ހުރިހާ މުވައްޒަފުންނަށް ވެސް ފަސޭހަގޮތް ފަހި ކޮށްދިނުން ކަމަށެވެ.