ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ފެމިލީ ލީގަލް ކްލިނިކަށް އެއްލައްކަ ރުފިޔާ

Mar 10, 2022

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އަށް އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން އެފްއެލްސީއަށް މި ފައިސާ ހަދިޔާކޮށްފައިވަނީ އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުންނެވެ.

އެ ޖަމިއްޔާ އާއި އެހީގެ ފައިސާ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ. އެ ޖަމިއްޔާގެ ފަރާތުން ފައިސާ އާއި ހަވާލުވެފައި ވަނީ ކޯ ޗެއާޕާސަން ޝަފީއާ ރިޒާ އެވެ.

ބީއެމްއެލް އިން ބުނީ މި އެހީއާ އެކު މިއަހަރު ތެރޭގައި 100 އަށް ވުރެ ގިނަ ފަރާތްތަަކަށް ގާނޫނީ އެހީ ހިލޭ ފޯރުކޮށްދިނުމާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެފްއެލްސީ އިން ކުރިއަށްގެންދާ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް 2019 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ އެހީތެރިވަމުންނެވެ.