މިނިސްޓްރީ އޮފް ހޯމް އެފެއާޒް

47 ނޫހެއް އުވާލައިފި

Mar 10, 2022

ގަވާއިދުން ނެރެމުން ނުގެންދާ 47 ނޫސް މަޖައްލާއެއް އުވާލައިފި އެވެ.

ނޫސް މަޖައްލާތަކުގެ ބެލެނިވެރިކަން އޮތް ހޯމް މިނިސްޓްރީން މިއަދު ބުނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ޑިސެންބަރު 31، 2019 ގެ ނިޔަލަށް އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ތަކުގެ ތެރެއިން ގަވާއިދުން ނެރެމުން ނުގެންދާ ނޫސް މަޖައްލާތަކެއް މިއަދު އުވާލާފައިވާ ކަމަށެވެ.

އަދި އުވާލި ނޫސްތަކުގެ ލިސްޓެއް ވަނީ އާންމުކޮށްފައެވެ. އެ ލިސްޓްގައި 47 ނޫހެއް ހިމަނާފައި އޮތެވެ.