މާލޭ ސިޓީ ކައުންސިލް

ވިލިމާލެ ސިނާއީ ސަރަހައްދުން ބިމަށް އެދެން ހުޅުވާލައިފި

Mar 12, 2022

ވިލިމާލެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި ސްލޮޓްތައް އިގްތިސޯދީ މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވާތީ ބިމަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ވިލިމާލެ ސިނާއީ ސަރަހައްދުގައި ހުސްކޮށް ހުރި 13 ސްލޮޓް ސިނާއީ މަސައްކަތަށް ދޫކުރުމަށް ނިންމައިފަ އެވެ. އެގޮތަށް ނިންމާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ހުށަހެޅުން ހުށަހަޅާފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި ސްލޮޓްތަކުގެ ތެރެއިން ހަ ސްލޮޓް ދޫކުރާނީ ވިލިމާލެ ރައްޔިތުންނަށް ކަމަށެވެ. އަދި އަނެއް ހަތް ސްލޮޓް ދޫކުރާނީ މާލޭ ރައްޔިތުންނަށް ކަމަށެވެ.

އެހެންކަމުން އެ ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށާއި، މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.