މާލޭ ސިޓީ ކައުންސިލް

މާލޭގެ ހުރިހާ ސަހަރާއެއް ހެދުމަށް ނިންމައިފި

Mar 12, 2022

މާލޭގައި ހުރި ހުރިހާ ސަހަރާއެއް ހެދުމަށް ނިންމައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިިއަދު ވިދާޅުވީ މާލޭގެ ސަހަރާތައް އަލުން ހަދަންޖެހިފައިވާތީ ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަޖެޓް ހޯދަން ވިސްނާފައިވާ ވަކި ގޮތެއް މުއިއްޒު ހާމަކުރައްވާފައެއް ނުވެ އެވެ.

މުއިއްޒު ވިދާޅުވީ ސަހަރާތައް ހެދުމުގެ މަސައްކަތަށް މަދުވެގެން 9.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ.

ސަހަރާތައް ހަދާއިރު އެންމެ ފުރަތަމަ މަސައްކަތް ފަށާނީ އާސަހަރާ ހެދުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

މާލޭގެ އާ ސަހަރާގެ އިތުރުން ހަތަރު އަވަށުގައި ހަތަރު ސަހަރާ އޮވެ އެވެ. އެކަމަކު މާލޭގައި އާންމުކޮށް މީހުން ވަޅުލުމަށް ބޭނުންކުރަނީ އާސަހަރާ އެވެ.