ބޮލީވުޑް

ލަވަކިޔުންތެރިޔާ ޖޫބިން އާއި ނިކިތާ ކައިވެނިކުރަނީ

ލަވަކިޔުންތެރިޔާ ޖޫބިން ނައުޓިޔާލް އާއި ބޮލިވުޑް ބަތަލާ ނިކީތާ ދައްތާ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި އެވެ. އިންޑީއާގެ މިއުޒިކް އިންޑަސްޓްރީގައި މިހާރު އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ޖުބިން އާއި "ކަބީރް ސިންގް" ގައި މުހިއްމު ބައެއް އަދާކުރި ނިކީތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ޖުބިން ލަވަކިޔާތާ އެތައް އަހަރެއް ވެފައި ވިޔަސް އޭނާއަށް އެންމެ ބޮޑު މަގްބޫލުކަމެއް ލިބިފައިވަނީ 2021 ގަ އެވެ. އެ އަހަރު ރިލީޒްކުރި އޭނާގެ "ލުޓް ގަޔޭ" އާއި "ރާތާން ލަންބިޔާން" އަދި "ބޭވަފާ ތެރާ މުސްކުރާނާ" އަކީ ޗާޓްބަސްޓާ ލަވަ ތަކެކެވެ.

ޖޫބިން އާއި ނިކީތާގެ ކައިވެނީގެ ވާޙަކަ ނޫސްތަކުން ފެތުރި ނަމަވެސް މި ދެ ފަންނާނުން އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް ދެ މީހުން އެކުގައި ރޭގަނޑުގެ ކެއުންތަކާއި ޕާޓީތަކުން ވަރަށް ގިނައިން ފެންނާތީ އެމީހުންގެ މެދުގައި ސީރިއަސް ގުޅުމެއް އޮންނަކަން އެންމެންނަށް ވެސް އޮތީ އެނގިފަ އެވެ.

ޖުބިން ތަންކޮޅެއް ކުރިން އިންޑިއާ ޓުޑޭ ނޫހަށް ދީފައިވާ އިންޓަވިއު އެއްގައި ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އޭރު އޭނާ ބުނެފައިވަނީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު އިމްތިހާނާ އެ ދުވަސްވަރު ކުރިމަތިވލައިގެން އުޅޭތީ އޭނާއާއެކު ދިރިއުޅުން އެއްވެސް އަންހެން ކުއްޖަކު ގަބޫލު ނުވާނެ ކަމަށެވެ. އެ ދުވަސްވަރު އޭނާ އުޅެނީ ދުވާލުދާ ހަތަރުދަމު ބިޒީކޮށް މިއުޒިކް އުފެއްދުމާއި ލަވަ ކިޔުމުގެ މަސައްކަތުގައި ކަމަށާއި ކައިވެންޏެއް ކުރަން ވަގުތު ނެތް ކަމަށް އޭރު ޖޫބިން ބުނެފައި ވެއެވެ.