ބޭންކް އޮފް މޯލްޑިވްސް

ފުރަތަމަ ކުއާޓަރުގެ އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވައިފި

Mar 14, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރުތަމަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ވަނީ މުޖުތަމައަށް ފައިދާކުރާ 65 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ފުރަތަމަ ކުއާޓަރުގައި ހޮވުނު ފަސް ޕްރޮޖެކްޓް

  • ށ. މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކުރުން - ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް
  • ނ. ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމުކުރުން -– އަހްމަދު ރަޝީދު
  • ތ. ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް ގާއިމުކުރުން -– އައިޝަތު ސަމާ
  • ށ. ބިލެތްފަހީގައި ލައިބްރަރީ ތަރައްގީކުރުން - އިސްމާއިލް ޝަރީފް
  • ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން - މުހައްމަދު ވިޝާހް


ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.