ބޮލީވުޑް

ޓީވީ ޝޯއެއްގެ ޖަޖަކަށް ނީތޫ ސިންގް

ކުޑަކުދިން ބައިވެރިކޮށްގެން އަލަށް ފަށަން އުޅޭ ރިއަލިޓީ ޝޯއެއްގެ ޖަޖުކަން ކުރަން ކުރީގެ ކުޅަދާނަ ބަތަލާ ނީތޫ ސިންގް ތައްޔާރުވެއްޖެ އެވެ. ޓައިމްސް އޮފް އިންޑިއާގައިވާ ޚަބަރެއްގައިވާ ގޮތުން ނީތޫ ޖަޖްކަން ކުރާނީ ކަލާޒް ޗެނަލްގެ ޑާންސް ރިއަލިޓީ ޝޯ "ޑާންސް ދިވާނޭ ޖޫނިއާޒް" ގައެވެ. މިއީ 4-14 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ޝޯ އެކެވެ.

ނީތޫގެ އިތުރުން މި ޝޯގެ ޖަޖުންގެ ގޮތުގައި ދެން ހަމަޖެހިފައި ވަނީ ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ އާއި ކޯރިއޮގްރާފަރު މަރްޒީ ޕެސްތޮންޖީ އެވެ. ނީތޫ ވަނީ މި ޚަބަރަކީ ތެދެއްކަމަށް ބުނެފަ އެވެ. އަދި ގޭގައި ތިބީ އޯޑިއަންސް އާ ހަމައަށް އާދެވޭތީ އުފާކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ނީތޫ ބުނި ގޮތުގައި އޭނާ އަކީ މާ މޮޅު ނެށުންތެރިއަކަށް ނުވިޔަސް އަބަދުވެސް ވަރަށް ނަށާ ހިތް ވެއެވެ. މި ޝޯގެ ޖަޖްކަން އޭނާ ގަބޫލުކުރީ އެހެންވެ އެވެ.

ޖަޖެއްގެ ގޮތުގައި ޓީވީއަށް ތައާރަފްވުމުގެ އިތުރުން ނީތޫ ވަނީ ހަތް އަހަރަށް ފަހު ފިލްމެއްގެ މަސައްކަތް ވެސް ކޮށްފަ އެވެ. އެއީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ވަރުން ދަވަން އާއި ކިއާރާ އަދުވާނީ ލީޑް ރޯލުތައް ކުޅެފައިވާ "ޖުގް ޖުގް ޖިޔޯ" އެވެ. މި ފިލްމުގައި ނީތޫ ކުޅެނީ ވަރުންގެ މަންމަގެ ރޯލެވެ.

މި ފިލްމުގައި ނީތޫ ކުޅެން ޖެހޭ ބައި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވަނީ ފުރިހަމަ ކޮށްފަ އެވެ.

މިދިޔަ އަހަރު ދުނިޔެ ދޫކޮށްފައިވާ އެކްޓަރު ރިޝީ ކަޕޫރުގެ ހުވަފަތް އަނބިމީހާ ނީތޫ 2013 ގައި ވެސް ފިލްމެއް ކުޅުނެވެ. އެ ފިލްމުގައި އޭނާ އާއި ރިޝީ އެކުގައި ބައިވެރިވި އެވެ. މި ފިލްމުގެ ބަތަލަކީ އެ ދެ މީހުންގެ ދަރިފުޅު ރަންބީރު ކަޕޫރެވެ.