ފޮކްސްކޮން ޓެކްނޮލޮޖީ ގްރޫޕުން ސައޫދީ އަރަބިއްޔާގައި ނުވަ ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ސައޫދީ އޮފިޝަލުންނާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށް ބުނެފި އެވެ.
ފޮކްސްކޮން ބުނި ގޮތުން ސައޫގައި ބިނާކުރާ މަލްޓިޕާޕަސް ފެކްޓަރީން އުފައްދާނީ އެލެކްޓްރިކް ވެހިކަލްތަކަށް ބޭނުންވާ ބައިތަކާއި މައިކްރޮޗިޕް އަދި އިލެކްޓްރޯންކް އާލާތްތައް ކަމަށެވެ.
އާންމުންގެ މެދުގައި ފޮކްސްކޮންއަށް ބޮޑު މަޝްހޫރު ކަމެއް ލިބުނީ އެޕަލްގެ އައިފޯނާ ހެދި އެވެ. އެޕައަށް ޑިވައިސްތައް އުފައްދައި ދިނުމުގައި ފޮކްސްކޮން އަކީ އެޕަލުން ވަރަށް އިތުބާރުކުރާ ކުންފުންޏެކެވެ.
ފޮކްސްކޮންއަށް ލިބުނު މަޝްހުރު ކަމާއެކު އެކުންފުނިން ވަނީ ދުނިޔެއަށް ފެތުރިގަނެފަ އެވެ. އަދި އިންޑިއާ އާއި ސައުތު އެފްރިކާގައި އިންވެސްޓްކޮށްފަ އެވެ.
ފޮކްސްކޮން އަކީ މައިގަނޑު ގޮތެއްގައި އިލެކްޓްރޯނިކްސް އުފައްދާ ކުންފުންޏެކެވެ. އެހެން ނަމަވެސް ޑިވައިސްތައް އެސެމްބްލް ކުރުމާއި ވަކި ބައްރުތަކަށް އަދި ގައުމުތަކަށް ޚާއްސަ އިލެކްޓްރޯނިކްސް މަރުކާތައް އުފައްދައި ދިނުން ވެސް ހިމެނެ އެވެ.
ސައޫދީ އޮފިޝަލުން ބުނާ ގޮތުން ފޮކްސްކޮންއާ ގުޅިގެން ސައުދީގެ ނިއޮމް ސިޓީއަށް އިލެކްޓްރޯނިކްސް އުފެއްދުމާ ބެހޭ މަޝްވާތައް ވެސް ކުރިއަށް އެބަ ދެ އެވެ. އަދި ސައުދީގައި އާންމު ވިޔަފާރިއަށް ޚާއްސަ އާލާތްތައް ވެސް ފޮކްސްކޮން ފެކްޓަރީން އުފައްދާނެ އެވެ.
ސައޫދީން ބުނީ ފޮކްސްކޮންއިން ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮށްފައި ހުރި އިންވެސްޓްތަކާ ސައޫދީގައި ކުރާ އިންވެސްޓްތަކާ އަޅާ ކިޔާނެ ކަމަށެވެ. އަދި ސައޫދީއަށް ފައިދާވާ މިންވަރު ބަލާނެ ކަމަށެވެ.
ފޮކްސްކޮންއިން މެދުިރުމަތީގައި ފެކްޓަރީތައް ބިނާކުރުމާ ބެހޭ ގޮތުން އަރަބި ގައުމުތަކާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.