ތިމާވެށި

އަނެއްކާވެސް މާލެއަށް ވެލާ އަރައިފި

Mar 15, 2022

އަނެއްކާވެސް މާލެއަށް ވެލާ އަރައިފި އެވެ. މީގެ ކުރީން ފެބްރުއަރީ 27 ގައިވެސް މާލެއަށް ވަނީ ވެލާ އަރާފައެވެ.

ސިނަމާލެ ބްރިޖު، މާލެއާއި ގުޅިފައިވާ ސަރަަހައްދަށް އެ ފަހަރު އެރި ވެލާ ފުލުހުން ވަނީ މޫދަށް ބާލާފައެވެ. އެ ކަމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މިރޭވެސް ސިނަމާލެ ބްރިޖު، މާލެއާއި ގުޅިފައިވާ ސަރަަހައްދަށް ވެލައެއް ވަނީ އަރާފައެވެ. ނަމަވެސް މި ފަހަރު ފުލުހުން އަމަލު ކުރި ގޮތް ތަފާތެވެ. ވެލައަށް އެއްވެސް ގޯނާއެއް ކުުރުމުގެ ފުރުސަތު ނުދީ ފުލުހުން ތިބީ ފޯރިމަރާށެވެ.

އީޕީއޭ އިންވެސް ވަނީ ފުލުހުންނަށް އެ ވެލައަށް ހިމާޔަތް ދިނުމަށް އަންގާފައެވެ. އަދި ވެލައަށް ގޯނާ ނުކުރަން އާންމުންގެ ކިބައިން އެދިފައެވެ. އީޕީއޭ އިން ބުނީ ވެލާ ބިސްއަޅަން އަރާ ހަމަޖެހި ބިސް އަޅަން ފަށަން ދެން ރަނގަޅީ ފޮޓޯ ނަގަންވެސް ކައިރިނުވުން ކަމަށެވެ.

ނަމަވެސް ވަރަށް ގިނަ ބަޔަކު މިރޭވެސް ވަނީ އެ ސަރަހައްދަށް ޖަމާވެ ވެލާގެ ފޮޓޯ ނަގާފައެވެ.

ކަހަނބާއި ވެލާ ހިމާޔަތްކޮށްފައިވާތީ އެ ތަކެއްޗަށް ގޯނާކުރުމާއި ހިފުމާއި ކެއުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.