ތިމާވެށި

މާލެއަށް އެރި ވެލާ ބިސް އަޅައިފި

ސިނަމާލެ ބްރިޖް ސަރަހައްދަށް އެރި ވެލާ ބިސް އަޅައިފި އެވެ.

މީގެ ކުރީން ފެބްރުއަރީ 27 ގައިވެސް މާލެއަށް ވަނީ ވެލައެއް އަރާފައެވެ.

ސިނަމާލެ ބްރިޖު، މާލެއާއި ގުޅިފައިވާ ސަރަަހައްދަށް އެ ފަހަރު އެރި ވެލާ ފުލުހުން ވަނީ މޫދަށް ބާލާފައެވެ. އެ ކަމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ސިނަމާލެ ބްރިޖު، މާލެއާއި ގުޅިފައިވާ ސަރަަހައްދަށް މިރޭ ވެލައެއް އަރާފައި ވަނީ އިރުއޮއްސެމުން ދަނިކޮށެވެ.

ނަމަވެސް މި ފަހަރު ފުލުހުން އަމަލު ކުރި ގޮތް ތަފާތެވެ. ވެލައަށް އެއްވެސް ގޯނާއެއް ކުުރުމުގެ ފުރުސަތު ނުދީ ފުލުހުން ތިބީ ފޯރިމަރާށެވެ.

އީޕީއޭ އިންވެސް ވަނީ ފުލުހުންނަށް އެ ވެލައަށް ހިމާޔަތް ދިނުމަށް އަންގާފައެވެ. އަދި ވެލައަށް ގޯނާ ނުކުރަން އާންމުންގެ ކިބައިން އެދިފައެވެ.

މިރޭ މެންދަމު އެ ވެލާ ވަނީ ގިނަ އަދަދެއްގެ ބިސް އަޅާފައެވެ. މިދިޔަ ވަގުތުތަކުގައި ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް ސެކިއުރިޓީ ބަލަހައްްޓާފައެވެ.