ވިލިމާލެ

ވަގުތީ މާރުކޭޓަށް ޓެންޓް ޖަހައިދޭނެ ބަޔަކު ހޯދަނީ

Mar 16, 2022

ރޯދަ މަހަށް ވިލިމާލޭގައި ލޯކަލް މާރުކޭޓު ހެދުމަށް ބޭނުންވާ ޓެންޓް ޖަހައި ދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

ސިޓީ ކައުންސިލުން ވަނީ މި ރޯދަ މަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވަގުތީ ލޯކަލް މާރުކޭޓެއް ހެދުމަށް ނިންމާފައެވެ. އަދި އެ މާރުކޭޓު ހެދުމަށް ބޭނުންވާ ޓެންޓް ޖަހައިދޭނެ ބަޔަކު ބޭނުންވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައެވެ.

އެކަމަށް ޝައުގުވެރިވާ ބަޔަކު މި މަހުގެ ވިހިވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށް ފަހު 24 ވަނަ ދުވަހު އަގު ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ދައުވަތު ދީފައެވެ. ސިޓީ ކައުންސިލުން ބުނީ އަގު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓްގެ އިތުރުން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.