ރާއްޖެ ކުޅިވަރު

ގިނަ ލަނޑުތަކެއް ނުޖެހުމުގެ ނުތަނަވަސްކަމެއްނެތް: އާއްކޮ

ބޫޓާން މެޗުގައި ރާއްޖޭގެ ޓީމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވުނު ނަމަވެސް އެކަމާ އެއްވެސް ވަރަކަށް ކުޅުންތެރިން ނުތަނަވަސްވެފައިނުވާ ކަމަށް ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑަރު އަހުމަދު އިމާޒް (އާއްކޮ) ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން މާޒިޔާގެ ކުޅުންތެރިނާ ބުނީ ކުޅުންތެރިން ތިބީ ބޫޓާން އަތުން ވެސް މޮޅުވި ގޮތަށް މިއަދު ބަނގްލަދޭޝް ވެސް ބަލިކުރައް ތައްޔާރަށް ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ވެސް ތިބީ ބޫޓާން މެޗެކޭ އެއްގޮތަށް މެޗުން މޮޅުވާން ތައްޔާރަށް. އިރާދަކުރެއްވިއްޔާ މެޗުން މޮޅުވާން މަސައްކަތް ކުރާނަން،" އާއްކޮށް ބުންޏެވެ.

ޓީމުގެ ފޯވަޑް އަސަދުﷲ އަބުދުﷲ ބުނީ އޭނާގެ ބަނގްލަދޭޝް މެޗަކީ ވަރަށް މުހިންމު މެޗެއްކަން ކުޅުންތެރިންނަށް އެނގޭ ކަމަށާއި މެޗުން މޮޅުވާން ކުޅުންތެރިން ތިބީ ވަރަށް ފޯރީގައި ކަމަށެވެ.

މެޗުން ބަލިވެއްޖެނަމަ ސެމީ އަށް ދިއުމަށް ރާއްޖެ ޕްރެޝަރަށް ވެއްޓޭނެ މި މެޗުން ބަނގްލަދޭޝް ބަލިވެއްޖެނަމަ އެ ޓީމު މުބާރާތުން ކަޓައި ރާއްޖެ ސެމީ އަށް ދާނެ އެވެ.