ކުޅިވަރު

"ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ފަސް ބޭފުޅަކަށް

"ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ފަސް ބޭފުޅަކަށް އަރުވައިފި އެވެ. ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް ރާއްޖެއާ އަދި އެނޫންވެސް މުޖުތަމައުތަކަށް ހެޔޮ ބަދަލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

މިރޭ އޮތް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގައި "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" އެރުވި ފަސް ބޭފުޅުންނަކީ ބަންގްލަދޭޝްގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް ޒާހިދު އަހްސަން ރަސުލް އާއި ސްރީލަންކާގެ މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސަ އާއި ސައުދީ އަރަބިއްޔާގެ ވައިސް މިނިސްޓަރު އޮފް ސްޕޯޓްސް ބަދުރު އަލް ޤާޟީގެ އިތުރުން ރާއްޖެ އިން މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަފީފް އަދި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ އޮނަރަރީ ރައީސް އަހްމަދު ނަޒީރެވެ.

މީގެ އިތުރުން ލައިފްޓައިމް އެވޯޑް ލިބިވަޑައިގެންނެވި 15 ބޭފުޅުންނާއި ސްޕޯޓް އައިކަން އެވޯޑް ލިބިވަޑައިގެންނެވި 16 ބޭފުޅަކަށްވެސް މިރޭ ވަނީ އެވޯޑް ދެއްވާފައެވެ.

މި ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް ރާއްޖެއާ އަދި އެނޫންވެސް މުޖުތަމަޢުތަކަށް ހެޔޮބަދަލުގެނެސްދިނުމަށް މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ހަފްލާއަށް ވަޑައިގެންނެވި ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށް ދިން އެވޯޑެކެވެ.

މީގެ އިތުރުން ސްޕެޝަލީ އޭބުލްޑް އެތްލީޓް އޮފް ދަ އިޔާ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑާއި ސްޕޯޓްސްމަން އޮފް ދަ އިއާ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއާ ވެސް ވަނީ ހޮވާފައެވެ.

އަދި މޯސްޓް ޕްރޮމިސިން އެތުލީޓް އޮފް ދި އިއާ އަންހެން އަދި ފިރިހެން އެތުލީޓްވެސް ވަނީ ހޮވާފައެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" މިއީ ރާއްޖޭގައި މިހާ ފުޅާ ދާއިރާއެއްގައި ބޭއްވި މިފަދަ ފުރަތަމަ އެވޯޑް ހަފްލާއެވެ. މި ޙަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.