ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ނިއުޔޯކް ދަތުރުފުޅުގެ ހަރަދުގެ މައްސަލަ ހައިކޯޓަށް

Mar 20, 2022
1

ރައީިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުގެ ވަފްދަކާ އެކު މިދިޔަ އަހަރު އދ. އަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިއްސާކުރަން އިިިިިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގެވުމުން ހައިކޯޓުގައިި އެ މައްސަލަ އިސްތިއުނާފް ކޮށްފި އެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ ވަފްދު ނިއުޔޯކަށް ކުރި ދަތުރުގެ ހަރަދު ތަފްސީލާއި ހަރަދު ކުރި ގޮތުގެ ރަސީދުތައް ހޯދަން ރައީސް އޮފީހަށް ހުށަހެޅީ ދިޔަރެސް ނޫހުގެ ފަރާތުން އަހްމަދު އަޒާން އެވެ.

ރައީސް އޮފީހުން ހިއްސާކުރީ ހަރަދު ތަފްސީލް އެވެ. ރަސީދުތަކުގެ ކޮޕީ ހިއްސާކޮށްފައެއް ނުވެ އެވެ.

ދިޔަރެސް ނޫހުން ރަސީދު ތަކުގެ ކޮޕީ ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ ހަރަދު ތަފްސީލާއި ރަސީދުތަކުގެ ކޮޕީ ހިއްސާކުރަން އަންގާފަ އެވެ.

ރައީސް އޮފީހުން ކުރިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު އދ.ގެ 76 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހާއިި ސަރުކާރުގެ ވަފްދު ކުރެއްވ ދަތުރުގެ ހަރަދަށް ހިިނގީ 5.3 މިލިއަން ރުފިޔާ އެވެ.

ހަރަދު ކުރި ގޮތް

  • ޓިކެޓް ހަރަދަށް 2.3 މިލިއަން ރުފިޔާ
  • ހުރުމާއި ކެއުމުގެ ހަރަދަށް 2.1 މިލިއަން ރުފިޔާ
  • ދަތުރުގެ ހަރަދަށް 577،206 ރުފިިިޔާ
  • އިންސިޑެންޓަލް އާއި ޕޮކެޓްމަނީއަށް 326،730 ރުފިޔާ

ރައީިސް އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލަ އަދި ކޯޓުގައި ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.

ދިޔަރެސް ނޫހުން ދައުލަތުގެ އެހެން ބައެއް އިދާރާތަކުން ހޯދަން ހުށަހެޅި މައްސަލަތަކުގެ ތަފްސީލް ވެސް ހިއްސާކޮށްފައި ނުވާތީ އެފަދަ ބައެއް މައްސަލަތައް ވެސް ކޯޓަށް ހުށަހެޅިފައިވެ އެވެ.