ޒަކާތް

މުދަލު ޒަކާތް ދެއްކި އަދަދު 15 ޕަސެންޓް މައްޗަށް

Mar 21, 2022
2

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތް ދެއްކި އަދަދު 15 ޕަސެންޓް އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 9.9 މިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 8.3 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 15 ޕަސެންޓުގެ އިތުރުވުމެކެވެ.

އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ މުދަލު ޒަކާތް ވާޖިބުވާ ނިސޯބަކީ 7،241.15 ރުފިޔާ އެވެ.

ރާއްޖޭގައި ކުރިން މުދަލު ޒަކާތް ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން
ފެށިގެން މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ވަނީ ބަދަލު ކޮށްފަ އެވެ. މުދަލުގެ ޒަކާތަކީ އެ މީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.