މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގައި ހާއްސަ ޓްރެއިނިން ސެޝަންތަކެއް

Mar 21, 2022

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެގްޒެކިއުޓިވް ލެވެލްގެ ބޭފުޅުންނަށް އަމާޒުކޮށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި އެވެ.

"ނެކްސްޓް ޖެނެރޭޝަން ޕާފޯމަންސް މެނޭޖްމަންޓް"ގެ ނަމުގައި ކްރޮސްރޯޑުގައި މިއަދު ފެށި މި ޓްރެއިނިން ޕްރޮގްރާމަކީ ދެ ދުވަހުގެ މުއްދަތަަކަށް ކުރިއަށް ގެންދާ ޓްރެއިނިން ސެޝަން ޕްރޮގްރާމެކެވެ.

މިއީ އެމްޕީއެލްއަށް މުވައްޒަފުން ރެކްރޫޓްކޮށް އަދި މުވައްޒަފުން ވަޒީފާގައި ބެހެއްޓައި އަދި ހުނަރުވެރި މުވައްޒަފުން ހޯދުމަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ސެޝަންތަކެކެވެ.

މި ސެޝަންތަކުގައި ވަކިވަކި މުވައްޒަފުންގެ ފެންވަރު ބަލާނެ ގޮތްތަކާ ގުޅޭ ގޮތުން ޓްރެއިން ދޭނެ އެވެ.

މި ސެޝަންތަކުގައު ކިޔަވައިދެއްވާނީ ދުނިޔޭގެ މަޝްހޫރު އެޗްއާރު ކޮންސަލްޓެންޓް ރޮބާޓް މޮސްލީ އެވެ. އޭނާ އަށް 2017 ވަނަ އަހަރު ވަނީ ގްލޯބަލް އެޗްއާރު ލީޑާޝިޕް އެވޯޑް ވެސް ލިބިވަޑައިގެންފަ އެވެ.