ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ޅައިމަގުގައި ކޮމިއުނިޓީ ބީޗެއް

Mar 21, 2022

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ''ބީއެމްއެލް ކޮމިއުނިޓީ ފަންޑު'' ގެ ދަށުން ށ. ޅައިމަގުގައި ކޮމިއުނިޓީ ބީޗް ސަރަހައްދެއް ގާއިމްކޮށްފިއެވެ.

މި ކޮމިއުނިޓީ ބީޗް ގައި ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބާބަކިއު ހެދޭނެ އިންތިޒާމް ހަމަޖައްސައި، ހަޓާއެކު ބެންޗު ބަހައްޓައި އަދި ޕިކްނިކް މޭޒާއި ޖޯލި ވެސް ވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށް ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.