ބޮލީވުޑް

ސޯނަމް އަށް ދަރިއަކު ލިބެނީ

ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާ ފުރަތަމަ ދަރިފުޅަށް އިންތިޒާރު ކުރަމުންދާކަން އިއުލާންކޮށްފި އެވެ. ސޯޝަލް މީޑިއާގައި އިއްޔެ އެމީހުން މިކަން އިއުލާންކުރީ ވަރަށް ރީތި ޅެމަކުންނެވެ.

ސޯނަމް އާއި އާނަންދް ކައިވެނިކުރީ 2018 ވަނަ އަހަރު އެވެ. އާނަންދް އަކީ ލަންޑަންގައި ދިރިއުޅޭ މީހަކަށް ވާތީ ކައިވެނީގެ ފަހުން ސޯނަމް ވެސް ގިނައިން ދިރިއުޅެމުން ދަނީ ލަންޑަނުގަ އެވެ.

ސޯނަމް އަށް ދަރިއަކު ލިބޭތީ އެންމެ އުފާވީ އޭނާގެ ބައްޕަ އަނިލް ކަޕޫރެވެ. ފުރަތަމަ ފަހަރަށް ކާފައެއްގެ ރޯލު ކުޅެން ލިބޭތީ ހީވެސް ނުކުރެވޭ ވަރުގެ ބޮޑު އުފަލެއް ލިބިއްޖެކަމަށް އަނިލް ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވެއެވެ. އަދި ކާފަ ދަރިފުޅު އުރާލަން ލިބޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންދާ ކަމަށް ވެސް އަނިލް ބުނެފައި ވެއެވެ.

ބޮލީވުޑް ފަންނާނުންގެ ތެރެއިން ކަރީނާ ކަޕޫރާއި އެކްތާ ކަޕޫރު އަދި ސޯނަމްގެ ދެބެންގެ ދެދަރި އަންޝުލާ ކަޕޫރާއި ޚުޝީ ކަޕޫރު ވެސް ވަނީ ސޯނަމްގެ ދެމަފިރިންނަށް މަރުހަބާ ކިޔާ މެސެޖުތައް ޕޯސްޓްކޮށްފަ އެވެ.