ތިމަރަފުށި

ތިމަރަފުށީ ޕާކާއި ވޭމަންޑޫ ޖިމްގެ އަޕްޑޭޓް ދީފި

ޔޫތު މިނިސްޓަރު މަހުލޫފް: ތިމަރަފުށީ ޕާކާއި ވޭމަންޑޫ ޖިމްގެ އަޕްޑޭޓް މިއަދު ދެއްވި-- ފޮޓޯ/ މަޖިލިސް
0%
0%
0%

ތ. ތިމަރަފުށީގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކާއި އަދި ހަމަ އެ އަތޮޅު ވޭމަންޑޫގައި ހަދާ އައުޓްޑޯ ޖިމްގެ އަޕްޑޭޓެއް ދީފި އެވެ.

މި ތަންތަނުގެ މަސައްކަތުގެ އަޕްޑޭޓެއް ލިޔުމުން ދޭން އެދިވަޑައިގެންނެވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.

އެ ސުވާލަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދެއްވި ޖަވާބު މިއަދު މަޖިލީހުގައި ވަނީ އިއްވައިފަ އެވެ.

މަހުލޫފް ވިދާޅުވީ ތިމަރަފުށީގައި ހަދާ ކުޑަކުދިންގެ ޕާކަށާއި ވޭމަންޑޫ އައުޓްޑޯ ޖިމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްދޭން ފަރާތެއް ހޯދުމަށް މިދިޔަ ޖެނުއަރީ މަހުުގެ 27 ވަނަ ދުވަހު އިއުލާންކުރި ކަމަށާއި އަދި މި މަސްތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕީއެސްއައިޕީގެ ޕަޖެޓުން ކުރިއަށް ގެންދާ މި މަޝްރޫއަށް 75،000 ރުފިޔާ އޮތީ ބަޖެޓްކޮށްފަ އެވެ. އަދި ވޭމަންޑޫ އައުޓްޑީ ޖިމްއަށް ވެސް ޕީއެސްއައިޕީ ބަޖެޓުން 125،000 ރުފިޔާ ބަޖެޓްކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345