ސާފް ސުޒުކީ ކަޕް

ހިތްދަތި ގޮތަކަށް ބަންގާޅު ބަލިކޮށް ރާއްޖެ ސެމީއަށް

  • '43 އަޝްފާގް ޕެނަލްޓީއިން ލަނޑުޖެހި
  • '91 ނާއިޒް ލަނޑުޖެހި
  • '93 ނާޝިދު ލަނޑުޖެހި

ބަނގްލަދޭޝް 3-1 އިން ބަލިކޮށް އެ ގައުމު މުބާރާތުން ކަޓުވާލުމަށްފަހު ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދައިފި އެވެ. މި މެޗުގެ ފުރަތަަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މެޗުގެ 41 ވަނަ މިނިޓްގަ އެވެ.

އޭގެ ފަހުން 87 ވަނަ މިނިޓްގައި ބަންގާޅު އެއްވަރުކޮށްފައިވަނިކޮށް ރއޭގެ މިނިޓެއް ފަހުން ރާއްޖެ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ހަސަން ނާއިޒް އެވެ. ޓީސީގެ ޒުވާން ފޯވަޑް އަދި ނިމިދިޔަ ދިވެހި ލީގުގެ މޮޅު ކުޅުންތެރިޔާ މި ލަނޑު ޖެހީ އޭނާ ކުޅެން ނުކުތްތާ ކުޑަސިކުންތުކޮޅެއްގެ ތެރޭގަ އެވެ. މިއީ މި އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ޒުވާން ފޯވަޑް ގައުުމީ ޓީމަށް ޖަހައިދިން ފުރަަތަމަ ލަނޑެވެ.

މި ލަނޑަށް ފަހު ރާއްޖޭގެ ފަހު ލަނޑު ޖެހީ މާޒިޔާގެ ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.

ޓްރިވެންޑްރަމުގެ ގްރީން ފީލްޑް އިންޓަނޭޝަނަލް ސްޓޭޑިއަމުގައި މިއަދު ބަނގްލަދޭޝް އަތުން މޮޅުވުމުން ރާއްޖެ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އަފްގާނިސްތާނާއި ރާއްޖެ އަތުން ބަލިވެ ބައިކޮޅަށް ޖުމުލަ ހަތް ގޯލު ވަދެފައިވާއިރު ބަނގްލަދޭޝް އޮތީ ޕޮއިންޓެއް ނުލިބެ ޓޭބަލުގެ ފުުލުގަ އެވެ.

2003 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަނގްލަދޭޝް އަކީ މި ފަހަރުގެ މުބާރާތުން އެންމެ ފުރަތަަ ކެޓި ޓީމެވެ. ނަމަވެސް އެމީހުންނަކީ މި ފަހަރު މުބާރާތުގެ ތަށި ހޯދަން ތައްޔާރުވި ޓީމެކެވެ.

ގްރޫޕް ބީން ސެމީ ފައިނަލުގެ ފަހު ޖާގައަށް ވާދަކުރަނީ ބޫޓާނާއި އަފްގާނިސްތާނެވެ. މި ދެ ޓީމު މިއަދު އިރުއޮއްސޭއިރު ބައްދަލުކުރާ މެޗުން އަފްގާނިސްތާން މޮޅުވެއްޖެ ނަމަ، ބޫޓާން ކަޓައި ސެމީގެ ފަހު ޖާގަ އެ ގައުމަށް ލިބޭނެ އެވެ.

ފޮޓޯ ގެލަރީ