އެޗްޑީސީ

ހިޔާ ފްލެޓުން ނެރޭ ގާކުނި އުކާލުން ހުއްޓާލަނީ

Mar 22, 2022
ހިޔާ ފްލެޓްތައް ކައިރިއަށް ގާކުނި ޖަމާކޮށްފައި. މިމަހަށްފަހު ގާކުނި އުކާދިނުމުގެ ހިދުމަތް ނިމުމަކަށް ގެނައުމަށް އެޗްޑީސީން ވަނީ ނިންމާފައި -- ފޮޓޯ: އަވަސް
0%
0%
0%

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓް ސަރަހައްދުން ކުނި ނެގުން ހުއްޓާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތަކުން ބޭރުކުރާ ގާކުނި މިހާރު ޖަމާކުރަނީ ހިޔާ ފްލެޓްތަކުގެ ކައިރީގައި އެޗްޑީސީން ކަނޑައަޅާފައިވާ ވަކި ސަރަހައްދަކަށެވެ. އެތަނުން ގާކުނިތައް ނަގައިގެން އެ ކުނިތައް މިހާރު އުކާލަނީ އެޗްޑީސީންނެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފްލެޓްތަކުން ބޭރުކުރާ ގާކުނި އުކާލަންޖެހޭނީ އެ ފުލެޓެއްގެ ވެރިފަރާތުން އެކަމަށް ހާއްސަ ކުރެވިފައިވާ މުއައްސަސާ ތަކާއި ގުޅިގެން ކަމަށެވެ. އެހެންކަމުން ގާކުނި މިހާރު އަޅަމުންދާ ސަރަހައްދަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގާކުނި އެޅުމަކީ މަނާ ކަމެއް ކަމުގައިވެސް އަންގާފައިވެ އެވެ.

"މީގެ އިތުރުން ފުލެޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން 30 މާޗް 2020 ގެ ކުރިން މިކޯޕަރޭޝަނުން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް ކުނި ޖަމާކުރުމަށް އިލްތިމާސް ކުރަމެވެ." އެޗްޑީސީގެ އިއުލާންގައިވެ އެެވެ.

ހިޔާ ފްލެޓްތައް ކައިރިއަށް ކުނި ޖަމާކޮށްފައި. މިމަހަށްފަހު ގާކުނި އުކާދިނުމުގެ ހިދުމަތް ނިމުމަކަށް ގެނައުމަށް އެޗްޑީސީން ވަނީ ނިންމާފައި -- ފޮޓޯ: އަވަސް

ހިޔާ ފްލެޓްތަކުން ބޭރުކުރާ ގާކުނިތައް އުކާލާދިނުމުގެ ގޮތުން ދެމުން ގެންދިޔަ ހިދުމަތް ހުއްޓާލުމަށް ނިންމާފައި މިވަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމަން އެޗްޑީސީން މިމަހުގެ ނިޔަލަށް ދީފައިވާ މުއްދަތު ހަމަވާން ނުވަ ދުވަހަށް ވެފައި ވަނިކޮށެވެ.

ހުޅުމާލޭގެ ފްލެޓްތަކުން ދުވަހުން ދުވަހަށް ޑަސްބިން ބޭގް ގޮތުގައި ބޭރުކުރާ ކުނި އަޅަނީ ހިޔާ ފްލެޓްތައް ކައިރީގައި އެޗްޑީސީން ކަނޑައަޅާފައިވާ ސަރަހައްދަކަށެވެ. އެފަދަ ކުނި އުކާލުމުގެ އުސޫލަށް އަދި ބަދަލު ގެނެސްފައި ނުވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

ހިޔާ ފްލެޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެޗްޑީސީއާއި ވެމްކޯ އިން އަދި މިހާތަނަށް އެއްވެސް އަގެއް ވެސް ނުނަގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345