ރައްޔިތުންގެ މަޖިލިސް

އެމެރިކާގެ ބިލިއަނަރަކު މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވަނީ

އެމެރިކާގެ ބިލިއަނަރު ޓެޑް ވައިޓް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޓެޑް މަޖިލީހަށް ވަޑައިގަންނަވަނީ ރާއްޖޭގައި ހިންގާ ބޮޑު މަޝްރޫއަކާ ގުޅޭ މައުލޫމާތު މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވުމަށް ކަމަށެވެ. އަދި އަދި އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ވެސް ދެއްވާނެ ކަމަށެވެ.

ޓެޑް ރާއްޖޭގައި ހިންގަވަމުން ދަނީ "ނޫ ދިވެހިރާއްޖެ" އެ ނަމުގައި ހިންގާ މަޝްރޫ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރުންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެން ނަަމަވެސް އެހެން އިއްޒަތްތެރި މެމްބަރުންނަށް ވެސް ވީ ވަރަކުން އަޅުގަނޑު އެދެން ބައްދަލުވުމަށް ވަޑައިގަންނަވަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ޕްރޮގްރާމް ސަރުކާރުން އިފްތިތާހުކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.