ރައީސް މުހައްމަދު ނަޝީދު

ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް ނަޝީދު އޭޑީކޭއަށް

ޑޮކްޓަރަށް ދެއްކުމަށް މިއަދު ރައީސް ނަޝީދު މާލެ ގެނެސްފައި - ފޮޓޯ: ޓްވިޓާ
0%
0%
0%

ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ގެނެސްފިއެވެ.

"އަވަސް"އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަވީރު އޭޑީކޭގައި އެޕޮއިންޓްމެންޓެއް ހަމަޖެހިފައިވާތީ ރައީސް ނަޝީދު އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ނަޝީދު އޭޑީކޭއަށް ގެންދެވީ ނާރު ޑޮކްޓަރަކަށް ދެއްކުމަށް ކަމަށާއި ޑޮކްޓަރަށް ދައްކާ ނިމުމުން އަނބުރާ މާފުށީ ޖަލަށް ގެންދެވޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ މައިބަދައިގެ ނާރެއް ފިތޭތީ އެމަނިކުފާނަށް މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަން ރާއްޖެއިން ނުކުރެވޭނެ ކަމަށް އެމަނިކުފާނުގެ އާއިލާއިންނާއި ވަކީލުން ބުނަމުންދާއިރު ސަރުކާރުން ބުނަނީ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެ ކަމަށެވެ.

އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމަށް ރައީސް ނަޝީދު ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ވެސް ދައްކާފައެވެ. އަދި އެ ހޮސްޕިޓަލުގެ ލަފާއާއެކު ރާއްޖެއިން ބޭރަށް ދިއުމަށް ރައީސް ނަޝީދު ވަނީ އެދިފައެވެ. ނަމަވެސް އައިޖީއެމްއެޗްއިން އެމަނިކުފާނުގެ އޮޕަރޭޝަނާ ގުޅޭގޮތުން ނިންމި ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910