މިނިސްޓްރީ އޮފް ޓޫރިޒަމް

ޕާސްޕޯޓް ހިފެހެއްޓުމުން ރަސްމީ ދަތުރުގައި ފުރޭ ގޮތެއް ނުވި

Mar 23, 2022
4

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ އެކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު)، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ކަމަށް އެނގިވަޑައިގަތުމުން ފުރުން ކެންސަލް ވެއްޖެ އެވެ.

މިނިސްޓަރު މައުސޫމާ އެކު ސްމިތު ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވީ ސާބިއާގައި އޮންނަ ޓޫރިޒަމް ފެއާ އަކަށެވެ.

ސްމިތުގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ އޭނާ އަށް ފުރާވަޑައިގެންނެވޭ ގޮތް ނުވި ނަމަވެސް މިނިސްޓަރު މައުސޫމް ރޭ ފުރާވަޑައިގެންނެވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސްމިތުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ވަކި ސަބަބެއް އޭނާ އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޕާސްޕޯޓް ހިފައްޓާފައިވާ މައްސަލަ ސާފުކުރުމަށް ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ސްމިތަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އާންމުކޮށް ބައިވެރިވެ އަދި ވަރަށް ގިނަ ފަހަރު ހައްޔަރުކޮށްފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ސްމިތު އައްޔަންކުރެއްވީ ސެޕްޓެމްބަރު، 2019 ގައެވެ.