ރައްޔިތުންގެ މަޖިލިސް

އޯއޭސީޕީއެސްގައި ބައިވެރިވާން މަޖިލީހުން ރުހުން ދީފި

އެފުރިކާއާއި ކެރީބިއަން އަދި ޕެސިފިކް ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމާޢަތެއް ކަމަށްވާ އޯގަނައިޒޭޝަން ފޯ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓް (އޯއޭސީޕީއެސް) ގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުން ރުހުން ދީފި އެވެ.

ވަޒީރުންނާއެކު މަޝްވަރާކުރުމަށް ފަހު އެ ޖަމިއްޔާގައި ބައިވެރިވުމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އެކަމަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ އިތުރަށް ދިރާސާކޮށް އެ ޖަމިއްޔާގައި ބައިވެރިވާން މަޖީލީހުގެ ހާރިޖީ ގުޅުން ތަކާ ބެހޭ ކޮމިޓީއަށް އޮތީ ކުރިން ފާސްކޮށްފަ އެވެ.

ހާރިޖި ގުޅުންތަކުގެ ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 29 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އޯއޭސީޕީއެސް އުފެއްދީ 1975 ވަނަ އަހަރުގައި ސޮއިކުރި މުއާހަދާއެއް ކަމުގައިވާ ޖޯޝްޓައުން އެގްރީމެންޓްގެ ދަށުން ނެވެ. އެ ޖަމިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ދެމެހެއްޓެނެވި ތަރައްޤީއަށް މަސައްކަތްކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކުރިއެރުވުމާއި ދުނިޔޭގެ އިގްތިސާދީ މައިދާނުގައި މެންބަރު ގައުމުތަކުގެ ހަރަކާތްތެރިކަން އިތުރުކުރުން ހިމެނެ އެވެ.