ރޯޝަނީ ބިލްޑިންގްގައި ކުރިއަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މިއަދު ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
އެގޮތުން ޕްރޮގްރާމް ފުރިހަމަކުރި 30 ބައިވެރިއަކަށް މިއަދު ވަނީ ސެޓްފިކެޓް ދީފަ އެވެ.
މި ޓްރެއިނިންގެ މަގްސަދުތަކުގެ ތެރޭގައު ކުޑަކުދިންނާއެކު މަސައްކަތް ކުރާ ފަރާތްތަކަކީ ކުޑަކުދިންގެ އަދުލުގެ ގަނޫނަށާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން އެ ކުދިންނަށް ލިބޭ ހައްގުތަކާ ރައްކާތެރިކަމާ ގުޅޭ ގޮތުން ބައިވެރިން ހޭލުންތެރިކަން އިތުރުކޮށް އެ މީހުން އަހުލުވެރި ކުރުވުމެވެ
މި ޕްރޮގްރާމްގައި ފުލުހުންގެ ހިދުމަތާއި، ކަރެކްޝަނަލް ސާވިސްއާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބޭފުޅުން ބައިވެރިވެލެއްވި އެވެ.
މި ޕްރޮގްރާމްގައި ސެޝަންތައް ނަގައިދެއްވީ ޔޫއެންއޯޑީސީން ޓްރެއިންކޮށްފައި ތިބި އެކި މުވައްސަސާތަކުގެ ފެސިލިޓޓަރުން ނެވެ.