ސާފް ސުޒުކީ ކަޕް

ސުޒުކީ ކަޕުން ދިވެހި ރެފްރީއަކަށް ޖާގައެއްނެތް

އިންޑިޔާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުން ދިވެހި އެއްވެސް ރެފްރީއަކަށް ފުރުސަތު ދީފައިވާނުވާކަން ކަށަވަރުވެއްޖެ އެވެ.

ސާކް ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން މި ފަހަރު ނޫނީ އެހެން ހުރިހާ ފަހަރެއްގައި ވެސް ދިވެހި ރެފްރީންނަށް ފުރުސަތުދެ އެވެ.

"މުބާރާތުގެ ރެފްރީން ކަނޑައަޅަނީ އޭއެފްސީން. އެއީ އަަހަރުމެން ކުރާ ކަމެއްނޫން. ރާއްޖޭގެ މީހަކަށް ފުރުސަތު ނުލިބޭނީ އޭއެފްސީން ނުދޭން ނިންމީމަ،" މުބާރާތް އިންތިޒާމްކުރާ ވޯލްޑް ސްޕޯޓްސް ގްރޫޕުގެ އޮފިޝަލަކު ބުންޏެވެ.

މި މުބާރާތުގައި ރާއްޖެއިން ރެފްރީކަން ކުރި ރެފްރީންގެ ތެރޭގައި ފީފާގެ އެސިސްޓެންޓް ރެފްރީން ކަމަށްވާ މުހައްމަދު ފަރީދާއި އަހުމަދު އަމީޒް އާއި އިބްރާހީމް ތައުފީގް (ޑޯނާ) އަދި އަލީ އާދިލް ހިމެނެ އެވެ.

މުބާރާތުގައި ރާއްޖޭގެ އެއްވެސް ރެފްރީއަކަށް ފުރުސަތު ލިބިފައިނުވާކަން އެފްއޭއެމުން ވެސް ކަށަވަރުކޮށްދެ އެެވެ.

އިންޑިޔާގައި މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިނަކަށް ކުރިއަށްދާ މުބާރާތުގައި ސާކު ސަރަހައްދުން ނޭޕާލާއި އިންޑިޔާ އަދި ލަންކާގެ ރެފްރީންނަށް ފުރުސަތުދީފައިވެ އެވެ. އަދި މެލޭޝިޔާ އާއި ވިއެޓްނާމް އަދި ހޮންކޮން އާއި އޮމާނުގެ ރެފްރީންނަށް ވަނީ ފުރުސަތުދީފަ އެވެ.