މިފްކޯ

މިފްކޯގެ ދެ އުފެއްދުމެއް މާދަމާ ބާޒާރަށް ނެރެނީ

Mar 25, 2022
1

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯއިން އާ ދެ ވައްތަރެއްގެ މަސްދަޅު ބާޒާރަށް ނެރުމަށް ނިންމައިފި އެވެ.

މި ދެ ވައްތަރުގެ މަސް ދަޅު ބާޒާރަށް ނެރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މާދަމާ ހަވީރު 5:00 އިން ރޭގަނޑު 7:00 އަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވެ އެވެ.

މިފްކޯ އިން މުޅިން އަލަށް ބާޒާރަށް ނެރެން ނިންމާފައިވަނީ ބަނޑައިދޫ މަސް ދަޅާއި ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ މަސް ދަޅެވެ.

މި ދެ ވައްތަރުގެ މަސް ދަޅު ރޯދަ މަހަށް ހާއްސަކޮށްގެން ނެރުމަށް ހަމަޖެހިފައިވާއިރު އާންމު މަސްތަކަށް ވުރެ ބޮޑަށް ރޯދަ މަހު މިފްކޯގެ އުފެއްދުންތަކަށް ބާރު ބޮޑުވެ އެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ އުފެއްދުންތައް ރޯދަ މަހު ހުސްނުވެ ލިބެން ހުންނާނެ ކަމަށެވެ.