ލައިފްސްޓައިލް

ޗުއްޓީއަށް ދާން އެންމެ އަގު ހެޔޮ ހަތަރު ގައުމު!

އަހަރުގެ އަންނާނެ ބޮޑު ޗުއްޓީގެ ދުވަސްތައް މިދަނީ ގުނަމުންނެވެ. ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ކައިރި ގައުމތަކަށް ގޮސްފައިވާއިރު އެއް ބަޔަކު ވަނީ ޗުއްޓީ ނިންމާވެސް ލާފައެވެ. ނަމަވެސް ޗުއްޓީގެ ބޭނުން އަދި ނުކުރާ މީހުން ވެސް މަދެއް ނޫނެވެ. ޗުއްޓީގައި ބޭރުގެ ގައުމަކަށް ދާން ބޭނުންވެފައިވާ މީހުންނަށް މި ލިޔުމުން ކޮންމެވެސް ވަރެއްގެ ފައިދާއެއް ކުރާނެއެވެ. މިއީ ވިލާތަށް ޗުއްޓީ ހޭދަކޮށްލަން ދާން އޮތް އެންމެ އަގު ހެޔޮ ގައުމުތަކެވެ.

1- ގްރީސް
ގްރީސްއަކީ މިހާރު އިގްތިޞާދީ ބޮޑު އަނދަވަޅެއްގައިވާ ގައުމެކެވެ. އަނދަވަޅުން ސަލާމަތްވުމަށް ގައުމުން ދަނީ ބުރަ މަސައްކަތެއް ކުރަމުންނެވެ. ފައިސާ ހޯދުމަށް ގްރީސްގެ ރަށްތައް ބަލާލުމަށް އެ ގައުމުން ދަނީ ދުނިޔޭގެ ކަންކޮޅުތަކަށް ދައުވަތު ދެމުންނެވެ. ގްރީސް އަކީ ރާއްޖެފަދަ ޖަޒީރާ ރަށްތަކެއް އެކުލެވޭ ގައުމެކެވެ. ރީތި ރަށްތަކުގައި ޗުއްޓީ ހޭދަކޮށްލުމަކީ ބޭނުންވާނެ ކަމެކެވެ. އެއްވެސް ހެޔޮ އަގެއްގައެވެ. އަދި ގްރީސްގެ ހޮޓެލްތަކުން އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ދިން ނަމަވެސް އަގު ބޮޑެއް ނޫނެވެ. ގްރީސްގައި ތާރީހީ ގިނަ ކަންތައްތަކެއް ވެސް ބަލާލަން ފުރުސަތު ލިބޭނެއެވެ.

2- ބަލްގޭރިއާ
ވިލާތުގެ ބްލެކް ސީގައި އޮންނަ ބަލްގޭރިއާ އަކީ އަގު ހެޔޮ ގައުމެކެވެ. ބަލްގޭރިއާގެ ފަތުރުވެރިކަމަކީ ސްޕެއިންގެ ފަތުރުވެރިކަމާ ދާދި އެއްގޮތް ފަތުރުވެރިކަމެކެވެ. ތަފާތަކީ އަގެވެ. ބަލްގޭރިއާ އަކީ ބަލާލަން ރީތި، ގިނަ ކަންތައްތަކެއް ތަޖުރިބާ ކޮށްލެވޭނެ ގައުމެކެވެ.

3- ސްރިލަންކާ
މިއީ ދިވެހިން ވެސް އެންމެ ގިނައިން ޗުއްޓީއަށްދާ ގައުމެވެ. މިހާރު ވެސް އެތައް ދިވެހިންނެއްވީ ލަންކާގައެވެ. ރާއްޖެއާ އެންމެ އަވަށްޓެރި ގައުމެވެ. ލަންކާއަށް އާންމުކޮށް ޒިޔާރަތްކުރަނީ މެދު ފަންތީގެ ފަތުރުވެރިންނެވެ. އަގު ހެޔޮވީމައެވެ. ސްރީލަންކާއަކީ ވެސް ގިނަ ތަޖުރިބާތަކެއް ކޮށްލެވޭނެ ގައުމެކެވެ.

4- އާޖެންޓީނާ
އާޖެންޓީނާއަކީ ތަފާތު ގައުމެކެވެ. އެތައް ގިނަ ކުލަބުތަކާއި ތާރީހީ ސައިޓްތައް ހިމެނޭ ގައުމެކެވެ. ގުދުރަތީ ގޮތުން ވެސް ރީތި މި ގައުމަކީ ސާފުތާހިރުކަމަށް ވެސް ލޯބިކުރާ ގައުމެކެވެ. ގައުމުގެ ފަތުރުވެރިކަމަކީ ވެސް ފުޅާ ދާއިރާއެކެވެ. ނަމަވެސް އާޖެންޓީނާގެ ފަތުރުވެރިކަމަކީ ވެސް އަގު ބޮޑު ފަތުރުވެރިކަމެއް ނޫނެވެ. އެގައުމުގައި ވެސް ޗުއްޓީ ހޭދަކޮށްލުމަށް ދާ ހަރަދަކީ ބޮޑު ހަރަދެއް ނޫނެވެ. މެދު ފަންތީގެ ފަތުރުވެރިން އެގައުމަށްދާ އިންސައްތަ އިތުރެވެ.