އައްޑޫ ސިޓީ

އައްޑޫގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި މިސްކިތެއް ހުޅުއްވައިދެއްވައިފި

Mar 27, 2022

އައްޑޫ ސިޓީގެ ހިތަދޫގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މިސްކިތެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފި އެވެ.

"މަސްޖިދު އިބްރާހީމް" ނަން ދީފައިވާ މި މިސްކިތް ރައީސް ހުޅުއްވައިދެއްވީ މިރޭގެ އިޝާނަމާދު ވަގުތާ ދިމާކޮށެވެ. މިރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި ބައެއް މަޖިލިސް މެންބަރުންނާއި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލް ކައިރީގައި ހަދާފައިވާ 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ އައްޑޫގައި މިވަގުތު ހުރި އެންމެ ރީތި މިސްކިތެވެ.

މިސްކިތް ފަރުމާކޮށްފައިވަނީ މިސްކިތުގެ ދެފަރާތުގައި އަންހެނުން ނަމާދުކުރަން ހާއްސަ ބައެއް ވެސް ހިމެނޭ ގޮތަށެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫގައި ހަދާފައިވާ ޕޮލިސް އެކަޑަމީ ހުޅުއްވައިދެއްވާ އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު އިފްތިތާހުކުރެއްވުމާއެކު އައްޑޫ ބިން ހިއްކުން ވެސް ބަޔަކާ ހަވާލުކޮށްފަ އެވެ.

މީގެއިތުރުން އައްޑޫގައި ނިމިފައި ހުރި ބައެއް މަޝްރޫއުތައް ރައީސް ސޯލިހް މިއަދު ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.