ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު، ޔުކްރެއިނުން އަންނަ މީހުންގެ އަދަދު މަދުވުމުން، ޓޫރިޒަމް ގަދަ 10 ގައުމުގެ ތެރެއަށް ސައޫދީ އަރަބިއްޔާ ވަދެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް މިމަހުގެ މިމަހުގެ 17 އިން 23 ގެ ނިޔަލަށް ހަފުތާއެއް އެނަލައިޒްކޮށް ބަލާއިރު ޓޫރިޒަމަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލެއްގެ ގޮތުގައި ދައްކަނީ މާކެޓު ކަމަށްވާ ޔުކްރެއިން ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓުން އުނިވުމެވެ. ރަޝިއާ - ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ފުނޑުފުނޑު ވަމުންދާ ޔުކްރެއިން އޮތީ މިހާރު އެއްކޮށް ބަންދުވެފަ އެވެ. އެހެންވެ އެ ގައުމުން ބޭރަށް މީހުން ދަތުރެއް ނުކުރެ އެވެ.
ހަފުތާއެއްގެ ތެރޭ 10 މާކެޓުން އައި ޓޫރިސްޓުން
- ރަޝިއާ - 50،832 ޓޫރިސްޓުން
- ޔޫކޭ - 44,597 ޓޫރިސްޓުން
- އިންޑިއާ - 41,559 ޓޫރިސްޓުން
- ޖަރުމަނު ވިލާތް - 31,724 ޓޫރިސްޓުން
- އިޓަލީވިލާތް - 27,442 ޓޫރިސްޓުން
- ފްރާންސް - 19,126 ޓޫރިސްޓުން
- އެމެރިކާ - 17,176 ޓޫރިސްޓުން
- ސައޫދީ އަރަބިއްޔާ - 9,566 މީހުން
- ސްވިޒަލޭންޑް - 8,962 ޓޫރިސްޓުން
- އޮސްޓްރިއާ - 8,468
ޓޫރިޒަމްގެ މި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ޔުކްރެއިން އިން އައިސްފައިވަނީ 72 ޓޫރިސްޓުންނެވެ. ނަމަވެސް ޔުކްރެއިން އޮތް މަގާމުގައި މިހާރު އޮތީ ސައޫދީ އަރަބިއްޔާ އިންނެވެ. އެ ގައުމުން 9,566 މީހުން އައިސްފައިވެ އެވެ.
ޖުމްލަ ޓޫރިޒަމަށް 47 ޕަސެންޓުގެ ކުރިއެރުން
ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 394,200 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 266,754 ޓޫރިސްޓުންނާ އަޅާ ކިޔާނަމަ 47.8 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މިއީ 2019 ވަނަ އަހަރު އައިސްފައިވާ 441,447 ޓޫރިސްޓުންނާ އަޅާބަލާނަމަ 10.7 ޕަސެންޓުގެ ދަށްވުމެކެވެ.
މި އަހަރުގެ މިހާތަނަށް ބަލާއިރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 4,790 މީހުން އާދެ އެވެ. އަދި އެވްރެޖުކޮށް ރާއްޖޭގައި ޓޫރިސްޓުން މިހާރު މަޑު ކުރަނީ 8.6 ދުވަހު އެވެ.