އީވާ އަބްދުﷲ

އިމްރާން ދޮގު ހަދާ ކަމަށް އީވާ ތުހުމަތުކޮށްފި

މަޖިލީހުގެ ނާއިބު ރައީސް އީވާ: އިމްރާން އިތުރުފުޅު ހައްދަވާކަމަށް އީވާ ތުހުމަތުކުރައްވާ-- ފޮޓޯ/ މަޖިލިސް
100%
0%
0%

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި ދެ ގޮތަށް ވާހަކަ ދައްކަވާ މައްސަލަ ހޫނުވެފައިވާ އިރު އެ މައްސަލައިގައި ދޮގު ހަދަނީ އިމްރާން ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ތުހުމަތު ކޮށްފި އެވެ.

އީވާ އެފަދަ ތުހުމަތުތަކެއް ކުރެއްވީ އިމްރާންއާއި ރިއްފަތުގެ މައްސަލަ ތަހުގީގު ކުރުމަށް މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ކުރި ބަހުސްގެ ތެރެއިން އެވެ.

ފުލުހުންގެ ނިޒާމްގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުވަތަ ބާގަނޑުތައް ހޯދައިގެން ގަސްދުގައި ބައެއް ފުލުހުން ގޯސް ހަދާ ކަަމަށް ވިދާޅުވެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ފެންމަތިކުރެއްވީ ބަންޑާރަ ނައިބު ރިއްފަތު އެވެ. ނަމަވެސް ނަމަވެސް އެ ވާހަކަތައް މިނިސްޓަރު އިމްރާން މަޖިލީހުގައި ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށެވެ.

މަޖިލީހުގެ މިއަދުގެ ބަހުސްގައި އީވާ ވިދާޅުވީ ފުލުހުންގެ އިދާރާއާއި ކޯޓުތަކުގެ އިދާރާގައި ހަރަކާތްތެރިވާ މީހުން ގަސްދުގައި ގޯސް ހެދުމަކީ މުޅި ދުނިޔޭގައި ވެސް ހިނގަމުންދާ ކަމަށާއި އެކަން އަޅުގަނޑުމެން އެންމެނަަށް ވެސް އެނގޭ ކަމަށެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކާއި ބޮޑެތި ޖަރީމާތަކުގައި ގަސްދުގައި ގޯސް ހެދުން އާންމު ކަަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުހިނގާކަަމަށް ރާއްޖޭގެ ހޯމް މިނިސްޓަރު ވިދާޅުވުމުން އީވާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"އަޅުގަނޑަށް ނުވިސްނެނީ ރާއްޖޭގެ ހޯމް މިނިސްޓަރަށް ކިހިނެއްތޯއޭ ކުއްލިއަކަށް ރާއްޖޭގެ ފުލުުސް އޮފީހުގައި އެކަހަލަ ގޯސް ހަދާ މީހުންނެއް ނޫޅޭނެއޭ ބުނެވޭނީ. އެއް ކަމަަކަށް ބައްލަވާފަތޯއޭ ވިދާޅުވީ ދެވަނަ ކަަމަކަށް ނުބަލާ ކުއްލިއަކަށް އެހެނެއް ނުބުނެވޭނެ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުން ތިބޭކަމަށް މީގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަަށާއި ނަމަވެސް ނިމިގެން ދިޔަ ސަރުކާރުގައި ހޯމް މިނިސްޓްރީން ދެއްވީ ބީރުކަންފަތެއް ކަމަށެވެ. އަދި އިމްރާންގެ ވާހަކަތައްވެސް ހުރީ ހަމަ އެ މޭރުމުން ކަަމަށެވެ.

"އަޅުގަނޑަަށް ޔަގީން އެޓާނީ ޖެނެރަލް މިވަރުގެ ވާހަކައެއް ވިދާޅެއް ނުވާނެ މީގަ ހަގީގަތެއް ނެގިއްޔާ. އެހެންވީމާ މޮޅު އިތުރީ ހޯމް މިނިސްޓަރު ވިދާޅުވުން ތަހުގީގު ކުރައްވާނަމޭ އަދި ތަހުގީގު ކުރައްވާފަ އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ދެއްވުން" އީވާ ވިދާޅުވި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ަހައިފާ

އެބުނީ ހަމަ ރަނގަޅު ވާހަކައެއް

ބުހުތާނު

މެމްބަރުންގެ މަޖިލީހަށްވަދެ ތިބޭ އެންމެންނަކީވެސް ދޮގުހަދާ މީހުން. ތީ ވަކިން ޚާއްޞަކޮށް އެބައި ބޮޑު އިންސާނެއް. ހަދާކަށް ނޯންނާނެ ބޮޑުވެގެން ދޮގެއް. ތިތާ ތިބެނީ ހުސް ދޮގުހަދާ އޮޅުވާލާ ލިބޭ ކޮންމެ ލާރިގަނޑެއް ބޭނުންކޮށްލާފަދަ ބައެއް. ރިފްއަތަކީ ތިބާގެ މަޒުހަބަށް ތަބާވާ މީހެއްވީމަ އެއީ ދެން ޞިއްދީގަކަށް މިފަހަރު ތިވީ.

ހިޔާ ފްލެޓަކުން މަރާމާތަށް 1000ސާބެއަށް

އީވަމެން ނޫން އެންމެން ނަކީ ދޮގު ހަދާ މީހުން އީވަމެން ނަކީ ތިބެންޖެ ހޭ މީހުން އީވަމެންނަކީ ކަމުގެ ކަމުގެ މީހުން އެހެން މީހުންނަކީ ދަލު ބޭރުން ތިބެންޖެހޭ މީހުން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345