ރައްޔިތުންގެ މަޖިލިސް

ދެ ވަޒީރަކު ދޮގު ހަދާ މައްސަލަ ބަަލައިގަނެ ބަހުސް ކުރަނީ

އެޓާނީ ޖެެެނެރަލް ރިއްފަތު އަދި ހޯމް މިނިސްޓަރު އިމްރާން: ދެ ބޭފުުޅުން އިތުރުފުޅު ހައްދަވާކަމަށް ބުނާ މައްސަލަ މަޖިލީހުން މިއަދު ބަލައިގަތް--
0%
0%
0%

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި ދެ ގޮތަށް ވާހަކަ ދައްކަވާތީވެ އެ ދެ މިނިސްޓަރުންގެ ތެރެއިން ކޮންމެެވެސް އެއް މިނިސްޓަރަކު އިތުރުފުޅު ހައްދަވަަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން 18 މެމްބަރަކު ވޯޓު ދެއްވި އިރު ނުފެންނަކަަމަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.

ފުލުހުންގެ ނިޒާމްގެ ތެރޭގައި ހުންނަ "ލޫޕްހޯލްސް" ނުވަތަ ބާގަނޑުތައް ހޯދައިގެން ގަސްދުގައި ބައެއް ފުލުހުން ގޯސް ހަދާ ކަަމަށް ވިދާޅުވެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ފެންމަތިކުރެއްވީ ބަންޑާރަ ނައިބު ރިއްފަތު އެވެ. ނަމަވެސް ނަމަވެސް އެ ވާހަކަތައް މިނިސްޓަރު އިމްރާން މަޖިލީހުގައި ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަަމަށެވެ. އެ މައްސަލަ ހޫނުވެފައިވާ އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވަމުންދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އާދަމް ޝަރީފް ވެސް މިއަދު މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ބަންޑާރަ ނައިބު ނުވަތަ ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވައިފައިވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި އެހެންކަމުން ކޮންމެވެސް އެއް ބޭފުޅަކު ގާނޫނުއަސާސީ ގެ 98 ވަނަ މާއްދާއާ ހިލާފު ވެފައިވާ ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީއާ ހިލާފުވި ވަޒީރު ދެނެގަނެ އެ ވަޒީރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ގޮވާލެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345