ލައިފްސްޓައިލް

ދެ ބޮލާއި ތިން އަތް އިން ކުއްޖެއް އުފަންވެއްޖެ

ދެ ބޮލާއި ތިން އަތް އިން ކުއްޖެއް އިންޑިޔާގައި އުފަން ވެއްޖެ އެވެ. އެ ގައުމުގެ މަދްޔަ ޕްރަދޭޝްގެ ރަތުލަމް ޑިސްޓްރިކްޓްގައި އުފަންވީ މި ކުއްޖާ ދުނިޔޭގައި އެބައޮތެވެ. އަދި އެމީހާ ވިހޭ އަވަށުގައި ބޮޑު ހޮސްޕިޓަލެއް ނެތުމުން އިންދޯރުގައި ހުންނަ ބޮޑު ހޮސްޕިޓަލަށް އެ ކުއްޖާ މިހާރު ވަނީ އިތުރު ފަރުވާއަށް ގެންގޮސްފައިވާއިރު ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ޖަވްރާ ކިޔާ އަވަށެއްގައި ދިރިއުޅޭ ޝާހީން ނަމަކަށް ކިޔާ މި އަންހެންމީހާ ވިހޭ ދަރިފުޅުގެ ދެ ބޮލާއި ތިން އަތް އިން އިރު ތިން ވަނަ އަތް އިނީ ދެ ބޯ ދޭތެރެއިން ފުރަގަހުގަ އެވެ.

މި އަންހެންމީހާ ބަނޑުބޮޑިއިރު ހެދި ސްކޭންތަކުން ފެންނަނީ އޭނާގެ ބަނޑުގައި އޮތީ އެއްމާބަނޑު ދެބެން ކަމަށެވެ. އެއް ކުއްޖެއްގެ ދެ ބޯ އިނީ ކަމަކަށް އޭރު ސްކޭން ހެދި ޑޮކްޓަރުންނަށް ފާހަގައެއް ނުކުރެވެ އެވެ.

މިގޮތަށް އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު އޮންނަނީ ވަރަށް މަދު ކުދިންނަށެވެ. ގިނަ ކުދިން އުފަންވާތާ 48 ގަޑިއިރު ތެރޭގައި މި ދުނިޔެ ދޫކުރެ އެވެ. މި ކުދިން ސާޖަރީ ހަދައިގެން ވަކިކުރުމުގެ ފުރުސަތު އޮތަސް މި ކުދިންގެ ތެރެއިން 60 އާއި 70 ޕަސެންޓް ކުދިން ވަނީ މަރެވެ.

ކުއްޖާގެ މަންމަ އަދިވެސް އޮތީ އޭނާގެ އަވަށުގައި ހުންނަ ހޮސްޕިޓަލެއްގަ އެވެ. ކުއްޖާ އޮތީ އިންދޯރުގެ ހޮސްޕިޓަލެއްގަ އެވެ. ޑޮކްޓަރުންގެ ޓީމަކުން ކުއްޖާގެ ހާލަތު ބަލަމުންދާއިރު އިތުރަށް ކުރެވޭނެ ކަންތައްތަކާ މެދު ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.