ސައުދީ އަރަބިއްޔާއަށް މާދަމާއަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން އެ ގައުމުން އިއުލާނު ކޮށްފި އެވެ.
ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ދެންމެ ބުނީ ސައުދީގެ އެކި ސަރަހައްދުތަކަށް ރަމަޟާންމަހުގެ ހަނދު ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލްގެ ދެވަނަ ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ސައުދީގެ އިތުރުން އިސްލާމީ އެހެން ބައެއް ގައުމުތަކުން ވެސް ދަނީ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭ ގަރާރުތައް ނެރެމުންނެވެ. ބައެއް ގައުމުތަކަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އާދީއްތަ ދުވަސް ކަމަށް އެ ގައުމުތަކުގެ ކަލަންޑަރުގައި ކަނޑައަޅާފައި ވެއެވެ. އޭގެ އެއް ގައުމަކީ މެލޭޝިޔާ އެވެ.