މާލޭ ސިޓީ

323 ސްޕީޑް ބްރޭކަރުގައި ކުލަ އާ ކޮށްފި

Apr 2, 2022
1

މާލޭގެ ހުރިހާ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް ހެދުނު ސްޕީޑް ބްރޭކަރުތަކާއެކު 323 ސްޕީޑް ބްރޭކަރުގައި ދަވާދު އާކޮށް ނިމިފައި ކަމަށެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައަކަށް ހަދަމުންދާ ރޭމްޕްތައް އައުކޮށް އައު ރޭޕްތައް ވަނީ ހަދާފައެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރު ފެށުނު ފަހުން މިއަދާއި ހަމަޔަށް މުޅިން އަލަށް 103 ރޭމްޕް ވަނީ ހަދާފައެވެ.

ސްޕީޑް ބްރޭކަރުތަކުގައި ދަވާދު އާކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކޮށްފައިމި ވަނީ އެ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާގެ މެންބަރު އައިމިނަތު އީމާން، ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވެފައިވަނިކޮށެވެ. އޭނާ މަރުވި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސްޕީޑް ބްރޭކަރެއްގައި ޖެހި އެވެ. އެ ސްޕީޑް ބްރޭކަރަށް މަަޑުކުރަން ނޭންގުނީ އޭގެ ކުލަ ކެހި ތާރާ އެއްކުލަވެފައި ވުމުންނެވެ.