ހިޔާ މަޝްރޫއު

ހިޔާ މާރުކޭޓުން 17 މީހަކަށް ގޮޅި ދީފި

Apr 3, 2022
ހިޔާ މާރުކޭޓް ގޮޅިތަކަށް ކުރިމަތިލި މީހުންގެ މެދުގައި ގުރުއަތު ނަގަނީ -- ފޮޓޯ: އެޗްޑީސީ
0%
0%
100%

ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކައިރީގައި ހަދާފައިވާ "ހިޔާ ލޯކަލް މާރުކޭޓް" ގޮޅިތައް ލިބުނު މީހުންނާ އެ ގޮޅިތައް ހަވާލު ކޮށްފި އެވެ.

އެޗްޑީސީން ވަގުތީ ގޮތުން ހަދާ މާރުކޭޓުން ދޫކޮށްފައި ވަނީ 19 ގޮޅި އެވެެ. އަދި އެ ގޮޅިތަކަށް ކުރިމަތިލުމަށް ފުރުސަތު ދިނީ ހަމައެކަނި ހިޔާ ފްލެޓް ލިބުނު މީހުންނަށެވެ. އޭގެ ތެރެއިން 558 ފަރާތަކުން ގޮޅިތަކަށް އެދި ކުރިމަތިލި އެވެ.

ގުރުއަތުން ހޮވުނު 19 މީހުންގެ ތެރެއިން 17 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ގޮޅި ހަވާޅުކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ގޮޅިތަކަށް ގުރުއަތު ނެގިއިރު އެޗްޑީސީ އިން ވަނީ ވެއިޓްލިސް ކުރަން އިތުރު ފަސް މީހުން ވެސް ގުރުއަތު ނަގައިފަ އެވެ. އެއީ ގުރުއަތުން ހޮވޭ މީހުންގެ ތެރެއިން މީހަކު ގޮޅި ދޫކޮށްލައިފާނެ ކަމަށް ވެއިޓް ލިސްޓްކޮށްފައި ތިބި މީހުންނެވެ.

އެޗްޑީސީން ގޮޅި އަށް މަހު ފީގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައި ވަނީ 2،000 ރުފިޔާ އެވެ.

ގުރުއަތުން ހޮވުމާ އެކު 1،500 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓް ގުރުއަތުން ހޮވުނު މީހުން ދައްކާފައިވެ އެވެ. އަދި ގޮޅި ލިބޭ މީހުންނަށް އެޗްޑީސީން ލިޔުމުން އެކަން އަންގާ ދުވަހުން ފެށިގެން ދެ ދުވަހުގެ ތެރޭގައި އެއް މަހުގެ އެޑްވާންސް ކުލި ވެސް ދައްކަންޖެހެ އެވެ.

ގޮޅި ކުއްޔަށް ދިން މުއްދަތު ހަމަވުމުން ގޮޅިއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތް ނަމަ ސެކިއުރިޓީ ޑިޕޮސިޓް އަނބުރާ ލިބޭނެ އެވެ. ނަމަވެސް ގޮޅި ކުއްޔަށް ނެގި މުއްދަތުގެ ތެރޭގައި ގޮޅި ދޫކޮށްލައިފިނަމަ އެ ފައިސާ ނުލިބޭ ގޮތަށް އެޗްޑީސީން ވަނީ ހަމަޖައްސާފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރާތާ ހަފްތާއެއްގެ ތެރޭގައި ގޮޅިތަކުން ހިދުމަތް ދޭން ފަށަންޖެހެ އެވެ. އެހެންނޫނީ އެއްބަސްވުން ބާތިލްވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345