އެމްއެންޑީއެފް

ކެމިކަލްތަކެއް ލީކުވެއްޖެ، މީހަކަށް ގެއްލުމެއްނުވޭ

ހަންތަކެއްގައި ބަންދު ކޮށްފައި ހުރި ކެމިކަލްތަކެއް ލީކުވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނީ އެމްޕީއެލް ސަރަހައްދުގައި ހުރި ހަންތަކަކުން ކެމިކަލް ލީކުވެފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އެ ސަރަހައްދު ސާފު ކުރަމުން ގެންދާ ކަމަށެވެ.

ހަންތަކުގައި ބަންދުކޮށްފައި ހުރި ކެމިކަލް ލީކުވުމާއި ގުޅިގެން އެެމްޕީއެލް ހިމެނޭ ސަރަހައްދުން ބޮޑުތަކުރުފާނުމަގުން ބައެއް ފުލުހުން ވަނީ މިހާރު ބަންދުކޮށްފަ އެވެ.