ލައިފްސްޓައިލް

މަގުމަތީގެ ގިނަ އަދަބުތައް ފައިދަށުގައި!

މަގުމަތީގެ އަދަބުތައް ކަމަށް ގިނަ މީހުންނަށް ދަންނަނީ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކެވެ. އެއީ މަގު ހިނގާ މީހުން ކަފިހިހުރަސް ބޭނުން ކުރުމާއި، މަގުމަތީގައި ޖަހާފައި ހުންނަ ބޯޑްތަކައް ސަމާލުވުމެވެ. އެކަމަމު އޭގެ އިތުރުން ވަރަށް ގިނަ ކަންކަމަށް ސަމާލުވާން ޖެހެ އެވެ.

ދުވާށާއި ކަސްރަތައް ނުކުމެ އުޅޭ ފަރާތްތަކަށް ބަލާލަމާ ހެއްވެ؟ މިހާރު ގިނަ މީހުންނަކީ ގަވާއިދުން މޫދު ކަސްރަތައް، ހިގަން، ނޫނީ ދުވަން ގޮސް އުޅޭ މީހުންނެވެ. ނަމަވެސް މަގުމަތިން ދިމާވާ ކަމެއްގެ ސަބަބުން ނޫނީ ފެންނަ މަންޒަރަކުން އިތުރަށް ކަސްރަތު ކުރަން ދާން ބިރުގަނެ ޖެހިލުން ވެއެވެ. އެއީ މީހެއްގެ ފަރާތުން ހާއްސަކޮށް މަގުމަތިން ދެކެން ބޭނުންނުވާ އަމަލެއް ތަކުރާރުކޮށް ފެންނާތީ އެވެ.
މަގު މަތީން، ކަންމަތިން ނޫނީ އަނދިރި ހިސާބަކުން ލަދު ގަންނަ ފަދަ ހުތުރު މަންޒަރުތައް ފެންނަނަމަ އާންމުކޮށް ކަސްރަތަށް އެކަނި ނުކުންނަ މީހަކު ދެވަނަ ފަހަރަށް އެކަން ކުރާކަށް ނުދާނެ އެވެ. ކަސްރަތަށް ނުކުންނަން އުޒުރުވެރި ވާނެ އެވެ.

ނަމާދު ގަޑި ތަކުގަ މިސްކިތްތައް ކައިރީ ދުއްވާ އެއްގަމު އުޅަނދުތަކަށް ބަލާށެވެ. ބަންގީގެ އަޑު އިވޭ އިރުވެސް މިސްކިތް ކައިރީ ބަރުގޮނު އަޅާ އަޑު ބަންގީގެ އަޑަށް ވުރެ ބާރެވެ. އިސްލާމީ ގައުމެއްގަ މިގޮތަށް ކަންތައް ހުރުން ބަލައެއް ނުގަނެވެ އެވެ.

މީ ހަމައެކަނި އާންމު ރައްޔިތުންގެ ފަރާތުން ފެންނަ ކަމެއް ނޫނެވެ. ސަރުކާރުގެ މަތީ މަމުތަކުގަ ތިއްބަވާ އިސްބޭފުޅުންގެ ފަރާތުން ވެސް މިކަންތައް ފާހަގަވެ އެވެ. ރަސްމީ ކާރު ކޮޅުތަކުގަ ދާއިރު މިސްކިތެއް ކައިރިން މަޑުކުރަނީ މަގު ބްލޮކް ވުމުން ކަމަށްވިއަސް ބަންގީގެ އަޑު އިވޭ އިރު އިހުތިރާމް ނުކޮށް ބަރުގޮނު އަޅަ އެވެ. ބޭއަދަބީ އަމަލެއް ނަމަވެސް މީއީ ހަގީގަތެވެ. މިސާލު ދައްކަން ތިއްބެވި ވެރިންގެ ފަރާތުން މިކަލަ އަމަލުތައް ފެންނަ ނަމަ އާންމު ރައްޔިތުންގެ ފަރާތުން ރަނގަޅު ފެންނާނެކަމަށް އުންމީދު ކުރުން ރަނގަޅެއް ނޫނެވެ.

މުސްކުޅިން މަގު ހިނގާނީ ޒުވާނުން ހިނގާ ބާރު ހިނގުމުގައެއް ނޫނެވެ. އެކަމަކު ގިނަ ޒުވާނުން މަގުމަތީގައި އުޅޭ އިރު މުސްކުޅިންނަށް ކަމޭ ހިތުމެއް ނޯވެ އެވެ. މުސްކުޅިން މަގު ހުރަސް ކުރާއިރު ކެއްތެރިވާންވާނެ އެވެ. ބަލި ހާލުގައި ގެއަކުން ކާރަށް އަރަން ދާ މުސްކުޅިއަކަށް ފުރާވަރުގެ ކުދިންހެން އަވަސް ފިޔަވަޅު ނޭޅޭނެކަން އެނގެން ވާނެ އެވެ.